- Advertisement -ad image

އުރަމަތީގެ ކެންސަރު ހުރިތޯ އަމިއްލައަށް ބަލާ ޗެކް ކުރާނީ ކިހިނެތް؟

ad image

ގުޅުންހުރި ލިޔުންތައް

އުރަމަތީގެ ކެންސަރަކީ ގިނަ އަންހެނުން ތަހައްމަލް ކުރަމުން އަންނަ ބައްޔެކެވެ. އުރަމަތީގެ ކެންސަރުގެ ވާހަކައަކީ ދިވެހި މުޖުތަމައުގައި ވެސް އަދިވެސް ގިނަ އަންހެނުން ދައްކަން ލަދުވެތިވާ ވާހަކަތަކެކެވެ. ނަމަވެސް މިއީ މިކަމުގެ މައުލޫމާާތު ނުލިބި އަޅާނުލާ ދޫކޮށްލެވިޖެ ނަމަ ފަހުން އެކަމުގެ ހިތާމަކުރަންޖެހޭ ކަމެކެވެ.

އުރަމަތީގެ ކެންސަރު ހުރިތޯ ބަލަންޖެހޭނީ ހަމައެކަނި އެ ބަލީގެ އަލާމާތްތައް ފެނުމުން އެކަންޏެއް ނޫނެވެ. އޭގެކުރިން އަމިއްލައަށް ވެސް އުރަމަތީގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

އެގޮތުން އިތުރު ފަރާތެއްގެ އެހީ އާއި ނުލައި އުރަމަތީގެ ދުޅަހެޔޮކަން ޔަގީންކުރާނެ ފަސޭހަގޮތްތަކެއް ވެސް ވަނީ ހޯދިފައެވެ.

އުރަމަތި އަމިއްލައަށް ބަލާ ޗެކްކުރުމުގައި އެންމެ ފުރަތަމަ އިސްކަމެއް ދޭންޖެހޭނީ އުރަމައްޗަށް ބަދަލެއް އައިސްވޭތޯ އެވެ. މިކަން ބެލުމަށްޓަކައި ލޯގަނޑެއްގެ ކުރިމަތީގައި ހުރެ ހެދުން އަދި އެތެރެއިން ދެންވެސް ލާފައި ހުރި އަންނައުނެއް ބޭލުމަށްފަހު، ތިރީގައިވާ ކަންކަން ފާހަގަކުރެވޭތޯ ބަލާލެވިދާނެެ އެވެ.

  1. އުރަމަތީގެ ސައިޒް އަދި ބައްޓަމަށް ބަދަލެއް އައިސްފައިވޭތޯ
  2. ހަންގަނޑުގެ ބައެއް ރޫޖެހި ނުވަތަ އަޑިކޮޅެއްހެން އެތެރެއަށް ވަދެފައި ހުރިތޯ
  3. ވަށްގަނޑު ވަށައިގެން ހަންގަނޑު ބޯވެ ބަދަލެއް އައިސްފައިވޭތޯ
  4. ވަށްގަނޑު އެއްކޮށް އެތެރެއަށް ވަދެފައި ވޭތޯ
  5. ލޭ ނުވަތަ އާދަޔާ ހިލާފު ދިޔާ އެއްޗެއް އާދޭތޯ
  6. ހަންގަނޑު ރަތްވެ ދިގުދެމިގެންދާ ރިހުމެއް ފާހަގަވޭތޯ
  7. ކިހިލިފަތާއި ކިހިލިފަތް ކައިރި ދުޅަވެފައިވޭތޯ

އުރަމަތި ދުޅަހެޔޮތޯ ބެލުމަށް އަމިއްލައަށް ދެގޮތެއް ހިޔާރުކުރެވިދާނެ އެވެ. މީގެތެެރެއިން ފުރަތަމަ ގޮތަކީ ދެއަތް މައްޗަށް ނަގައިގެން ހުރެ ބެލުމެވެ.

އަދި ދެވަނަ ގޮތަކީ އުނގަނޑުގައި ދެއަތް ވިއްދާލުމަށްފަހު މޭމަތީގެ މަސްތަކަށް ވާންވާހެން ކުރިއަށް ނެރެލައިގެން ހުރެ ބެލުމެވެ.

ހަމައެހެންމެ އިށިންދެ އިނުމުގައި ކޮއްޅަށް ހުރެ ބެލުމުން އުރަމަތީގެ ސައިޒާއި ބައްޓަމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަވާނެ އެވެ. މީގެއިތުރުން ކިހިލިފަތް ދަށަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް އުރަމަތި ބެލުމަށް އެންމެ ރަނގަޅި އޮށޯވެ އޮވެގެންނެވެ.

އޮށޯވެ އޮވެގެން ބެލުމުން އުރަމަތީގައި ގަނޑެއް ވާނަމަ ދެގެންނަން ފަސޭހަވާނެ އެވެ. އެގޮތުން އޮށޯވެ އޮވެ ބަލާއިރު، އުރަމަތި ދުޅަވެ، ހަންގަނޑު ބޯވެ، ގަނޑެއް ލާފައި ހުރިތޯ ބެލިދާނެ އެވެ. އަދި ކިހިލިފަތް ދަށުގައި ގޮށްލާފައި ހުރިތޯވެސް ބަލަންވާނެ އެވެ.

އޮށޯވެއޮވެ، އުރަމަތި ބަލާ ޗެކްކުރުމަށްޓަކައި އޮށޯވެ ކަނާތު ކޮނޑުދޮށަަށް ފަތްޖަހާލާފައިވާ ތުވާއްޔެއް ލެއްވުމަށްފަހު، އެ ކޮނޑު ކުޑަކޮށް ހިއްލުމަށްފަހު ކަނާތުއަތް ބޯދަށަށް ލައްވާލެވިދާނެ އެވެ.

އުރަމަތީގެ ކެންސަރަކީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ އަންހެނުންނަށް ޖެހޭ ކެންސަރެވެ. އެހެންނަމަވެސް، ދުރާލާ ކެންސަރުގެ އަލާމަަތްތައް ދެނެގަނެވިއްޖެނަމަ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. […] އުރަމަތީގެ ކެންސަރަކީ ގިނަ އަންހެނުން ތަހައްމަލް ކުރަމުން އަންނަ ބައްޔެކެވެ. އުރަމަތީގެ ކެންސަރުގެ ވާހަކައަކީ ދިވެހި މުޖުތަމައުގައި ވެސް އަދިވެސް ގިނަ އަންހެނުން ދައްކަން ލަދުވެތިވާ ވާހަކަތަކެކެވެ. ނަމަވެސް… އިތުރަށް ވިދާޅުޭ […]

  2. […] އުރަމަތީގެ ކެންސަރަކީ ގިނަ އަންހެނުން ތަހައްމަލް ކުރަމުން އަންނަ ބައްޔެކެވެ. އުރަމަތީގެ ކެންސަރުގެ ވާހަކައަކީ ދިވެހި މުޖުތަމައުގައި ވެސް އަދިވެސް ގިނަ އަންހެނުން ދައްކަން ލަދުވެތިވާ ވާހަކަތަކެކެވެ. ނަމަވެސް މިއީ މިކަމުގެ މައުލޫމާާތު ނުލިބި އަޅާނުލާ ދޫކޮށްލެވިޖެ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ