- Advertisement -ad image

ދަތް އުނގުޅާއިރު ހިރުގަނޑުން ލޭ އައުން – ސަމާލުވާންވީ ކަންކަމަކީ ކޮބާ؟

ad image

ގުޅުންހުރި ލިޔުންތައް


ހިރުގަނޑުން ލޭ އައުމަކީ އާންމުގޮތެއްގައި ހިރުގަނޑަށް ބައްޔެއް ޖެހުމުން ފެންނާނޭ ފުރަތަމަ އަލާމާތެވެ. މިހެން ދިމާވަނީ ޖިންޖިވައިޓިސްގެ ފުރަތަމަ ސްޓޭޖްގަ އެވެ.
އެހެންނަމަވެސް އަބަދު ލޭ ނައިސް ދޭތެރެ ދޭތެރެއިން ލޭ އަންނަ ނަމަ އެއީ މާ ބާރަށް ދަތް އުނގުޅިގެން ހިރުގަނޑަށް ގެއްލުމެއް ވެގެން އަންނަ ލެއަކަށް ވެދާނެ އެވެ. ނުވަތަ ނަރުގަނޑު އަޅުވާފައި ތިބޭ މީހުންގެ ނަރުގަނޑު ރަނގަޅަށް ހަމަނުޖެހޭތީ ދިމާވިކަމަކަށް ވެސް ވެދާނެ އެވެ.
ހިރުގަނޑުން ލޭ އަންނަނަމަ ގިނަވެގެން ދުވާލަކު ދެ ފަހަރު ދަތްތައް ފްލޮސް ކޮށްލުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ. މިގޮތަށް ޤަވާއިދުން ފްލޮސް ކުރާނަމަ ދަތްތަކުގެ ދޭތެރޭގައި ހުންނަ ބެކްޓިރީއަށް ނައްތާލެވި، ދަތްތަކުން ލޭ އައުމުން ދުރުކޮށްދެ އެވެ.
ފްލޮސް ކުރާއިރު، ރައްކާތެރި ނޫން ގޮތްގޮތައް ފްލޮސް ކުރެވޭނަމަ ހިރުގަނޑުން ލޭ އައުމަކީ ވެދާނޭ ކަމެކެވެ. އެހެންކަމުން ފްލޮސް ކުރަން ފެށުމުގެ ކުރިން ރަނގަޅަށް ފްލޮސް ކުރަން ދަސްކުރަންޖެހޭނެ އެވެ. އަދި މާ ގަދައަށް ފްލޮސް ކުރާނަމަ ހިރުގަނޑު ކަނޑައިގެން ދިއުމަށްވެސް މެދުވެރިވެއެވެ.
ހިރުގަނޑުން ލޭ އަންނަނަމަ އެންމެ ފުރަތަމަ ދަތް އުނގުޅާ ބުރުސް ބަދަލުކޮށްލެވިދާނެ އެވެ. އެގޮތުން މާ ހަރު ނައިލޯން ހުންނަ ބުރުހެއްގެ ބަދަލުގައި މަޑު ނައިލޯން އިން ހަދާފައި ހުންނަ ބުރުހުން ދަތް އުނގުޅުމަކީ ހިރުގަނޑު ހަލާކުވުމާއި ދުޅަވުމުން ދުރުކޮށްދޭނޭ ކަމެކެވެ.
ހަމައެހެންމެ، ހިރުގަނޑުން ލޭ އަންނަނަމަ އަލްކަހޯލް އެކުލެވޭ މައުތްވޮޝް ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.
މި ހުރިހާ ކަމަކަށް ސަމާލުވުމަށްފަހު ވެސް ހިރުގަނޑުން ލޭ އަންނަނަމަ، އެންމެ ބުއްދިވެރިގޮތަކީ ލަސްނުކޮށް ދަތުގެ ޑޮކްޓަރަކަށް ދެއްކުމެވެ. އަދި ޤަވާއިދުން ދަތުގެ ޑޮކްޓަރަކަށް ދައްކާ ދަތްތައް ސާފުކޮށް ބެހެއްޓުމަކީ ވެސް އަނގައިގެ ތެރޭގައި ބެކްޓީރިއާ އުފެދުން މަދުކޮށްދީ، ހިރުގަނޑުން ލޭ އައުމުން ރައްކާތެރިކޮށްދޭނޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ހިރުގަނޑުން ލޭ އައުމަކީ އާންމުގޮތެއްގައި ހިރުގަނޑަށް ބައްޔެއް ޖެހުމުން ފެންނާނޭ ފުރަތަމަ އަލާމާތެވެ. މިހެން ދިމާވަނީ ޖިންޖިވައިޓިސްގެ ފުރަތަމަ ސްޓޭޖްގަ އެވެ.އެހެންނަމަވެސް އަބަދު ލޭ ނައިސް ދޭތެރެ ދޭތެރެއިން ލޭ އަންނަ ނަމަ އެއީ މާ ބާރަށް ދަތް އުނގުޅިގެން… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ