- Advertisement -ad image

ގައިން ދުވާވަހުން ވެސް މަދިރީގެ އުނދަގޫ ބޮޑުވޭ – ދިރާސާ

ad image

ގުޅުންހުރި ލިޔުންތައް

މަދިރިއަކީ ކުޑަ ނަމަވެސް އިންސާނުންނަށް އޭގެ ތުރާ އެތައް ގޮތަކުން ފޯރުވާ އެއްޗެކެވެ. އޭގެ ސަބަބުން ގިނަ ބަލިތައް ފަތުރާ އަދި ފުރާނައަށް ވެސް ގެއްލުން ދޭ އެއްޗެކެވެ.

މަދިރި އާލާވުމަށް މެދުވެރިވާ ގިނަ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އިންސާނުންގެ ދިރިއުޅުމުގައި އަޅާނުލާ ދޫކޮށްލެވޭ ބައެއް އާދަތަކެވެ. ތަންތަން ނުތާހިރުކޮށް ދޫކުރުމާއި އަދި ފެންހަރުލާ ގޮތަށް ތަންތަން ބެހެއްޓުން މީގެތެރޭގައި ހިމެނެ އެވެ. އެހެންނަމަވެސް އަމިއްލަ ގައިން ދުވާ ވަހެއްގެ ސަބަބުން މަދިރީގެ އުނދަގޫ ބޮޑުވާ ވާހަކައަކީ މިއީ އަދި އަލަށް ދެކެވެން ފެށުނު ވާހަކަ އެކެވެ.

މިކަން ހޯދާފައިވަނީ ނިއުޔޯކްގައި ހުންނަ ރޮކްފެލާ ޔުނިވަރސިޓީގެ ނިއުރޮބައޮލޮޖިސްޓެއް ކަމަށްވާ ލެސްލީ ވޮސްޝަލް އިސްވެ ހުރި ހެދި ރިސާޗަކުންނެވެ. އެގޮތުން މި ދިރާސާގައި ބައިވެރިވި ރިސާޗަރުންނަށް ވަނީ މަދިރި އެންމެ ބޮޑަށް ދޯޅަވަނީ ހަށިގަނޑުން ގަދަ ވަސް ދުވާ މީހުންނަށް ކަމަށް ބުނެފަ އެވެ.

މި ދިރާސާ ހެދުމަށް ރިސާޗަރުން ވަނީ 3 ވައްތަރެއްގެ ސެންޓެއް ބޭނުންކުރާ މީހުން ހިމަނާފަ އެވެ. އަދި އިންސާނުން ގައިގާ ހުންނަ ވަސް ނަކަލު ކުރުމަށް ދިރާސާގައި ބައިވެރިވި 64 މީހުންގެ އަތްތިލަ އާއި އުޅަނބޮއްޓާއި ދެމެދު ނައިލޯން ސްޓޮކިން އެއް ވަނީ ލައްވާފަ އެވެ. މިހެން ހެދުމުން މި ނައިލޯން ސްޓޮކިންގައި އިންސާނާގެ ވަސް ހަރުލަ އެވެ. އެއަށްފަހު މި ސްޓޮކިންވަނީ ދިގު ޓިއުބެއްގެ ނިމޭކޮޅުގައި ހުރި މަދިރި ހިފުމަށް ބޭނުންކުރާ އެއްޗެއްގައި ހަރުކޮށްފަ އެވެ. އެއަށްފަހު އެތައް ބައިވަރު މަދިރިތަކެއް އެއް ފަހަރާ ދޫކޮށްލަ އެވެ.

މި ދިރާސާ ހެދުމަށްވަނީ ރީނދޫ ހުން، ޒިކާ ވައިރަސް އަދި ޑެންގޫ ފަތުރާ އީޑީސް އީޖިޕްޓީ މަދިރި ބޭނުންކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ