- Advertisement -ad image

މައިގްރެއިން އަލާމާތްތައް ދެނެގަންނާނީ މިގޮތަށް!

ad image

ގުޅުންހުރި ލިޔުންތައް

މައިގްރެއިން އަކީ ގަދަޔަށް ބޮލުގައި ރިހުމުގެ ބާވަތަކަށް ކިޔާ ނަމެކެވެ. މިހާތަނަށް ޓެސްޓަކުން އަދި ސްކޭނަކުން ނުފެންނަ މި ބޮލުގެ ރިހުމަކީ ރާއްޖޭގައި އެންމެ އާންމު ބާވަތުގެ ބޮލުގެ ރިހުމެވެ. 

މިއީ ތަފާތު އަލާމާތްތަކާއެކު ދެނެގަނެވޭ ނާރުގެ މައްސަލައެކެވެ. ސައިންސުން އެނގޭގޮތުގައި ބައެއް ފަހަރު މައިގްރެއިން ބޮލުގެ ރިހުމަކީ އާއިލާތެރެއިން ވާރުތަކުރާ ރިހުމެކެވެ.

ގޮތުގައި މައިގްރެއިން އެންމެ ގިނައިން ތަހައްމަލް ކުރަނީ އަންހެނުންނެވެ. އަދި މައިގްރެެއިން އަށް ޝަރުތުހަމަވަނީ ތިރީގައިވާ އަލާމާތްތަކުގެ ތެރެއިން މަދުވެގެން 2 އަލާމާތެއް ހުރެގެންނެވެ.
އެއީ:

މަދުވެގެން 4 ގަޑިއިރު ގިނަވެގެން 3 ދުވަހަށް ބޮލުގެ ރިހުން ދިގުދެމިގެން ދިއުން

ވިންދު ޖަހާގޮތަށް ބޮލުގައި ރިހުން

ބޮލުގެ އެއްފަޅީގައި ރިހުން

އާދައިގެ ވަރަކަށް ވުރެ ބޮޑަށް ބޮލުގައި ރިހުން

މަސައްކަތެއް ކޮށްލީމާ ރިހުން ގަދަވުން
އަދި މައިގްރެެއިންގެ ރިހުމަށް މީގެއިތުރުން ތިރީގައި ހިމެނޭ ކަންކަމުގެ ތެރެއިން މަދުވެގެން އެއް އަލާމާތް ހުންނަން ޖެހޭނެ އެވެ.
ބޮލުގައި ރިއްސާ ވަގުތު މޭނުބައިކޮށްފައި ހޮޑުލެވުން.

ބޮލުގައި ރިއްސާ ވަގުތު އަލި އަދި އަޑަށް އުނދަގޫވުން

މައިގްރެއިންގެ ރިހުން ބޮޑުވާނަމަ ޑޮކްޓަރުން ރިހުމަށް ބޭސް ދޭނެ އެވެ. އެހެންނަމަވެސް މި ރިހުމަށް ބޭސް ދިނުމުގައި ޑޮކްޓަރުން އާންމުގޮތެއްގައި އުމުރަށް އަދި އެކަމުގެ ސީރިޔަސް ކަމަށް ބަލާނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ