- Advertisement -ad image

ފެންފޮދެއް ބޯލިޔަސް ދުފަންޖެހޭތަ؟

ad image

ގުޅުންހުރި ލިޔުންތައް

ދުފުމަކީ ގިނަ ދިވެހިންގެ ކަށީގައި ހިފާފައި ހުންނަ އާދައެކެވެ. މިއީ ނުރައްކާތެރި އަދި ފަހުން ހިތާމަވެސް ކުރަންޖެހޭ ފަދަ ކަމެކެވެ. އެހެންނަމަވެސް މިކަން ގަބޫލުކުރަނީ މަދު ބައެކެވެ. އެއްބަޔަކު ފެންފޮދެއް ބޯލިޔަސް ދުފަން ބޭނުންވާއިރު އަނެއްބަޔަކު ހެނދުނު ހޭލާގޮތަށް ހައިބަނޑާއެކު ދުފާތަންވެސް ފެނެއެވެ. މިއީ ވަރަށްވެސް ނުރައްކާތެރި ކަމެކެވެ.

ވަގުތީ ފައިދާތައް ހުއްޓަސް ދުފުމުގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވާ ގެއްލުންތައް ނުހަނު ގިނައެވެ. ދިރާސާތަކުން ދައްކާގޮތުގައި ފޯކުގައި ދެވި ހިފުމަށް މަގުފަހިކުރުވާ، އަދި ހަށިގަނޑަށް ގެއްލުންލިއްބައިދޭ ވަރަށް ގިނަ މާއްދާތައް ހިމެނެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ފޯއް ހިމަނާފައިވަނީ ކަރސިނޯޖެން، ނުވަތަ ކެންސަރަށް މަގުފަހިކުރުވާ އެއްޗެއްގެ ގޮތުގައެވެ.

ދުފުމަށް އާއްމުގޮތެއްގައި ފޯއް ބޭނުންކުރާ މީހުން އެއަށް ދެވިހިފަ އެވެ. އަދި އަނގަމީރުކުރުމުގެ ބަހަނާތަކުގައި ނަމަވެސް ފޯއް ބޭނުންކުރުން ހުއްޓާލުމަށް އުނދަގޫވެއެވެ.

ސެންޓަރ ފޮރ ޑިސީޒް ކޮންޓްރޯލް އިން ދުފުމާއި ދެކޮޅަށް ސިއްހީ އިންޒާރެއްވެސް ނެރެފައި ވެއެވެ. އެ އިންޒާރުގައިވަނީ، ދުފުމުން އަނގައިގެ ކެންސަރު ޖެހުމާއި، އަނގައިގެ ހަން ބޯވެ، ހަރުވާގޮތްވުމާއި، އެއަށް ދެވިހިފުމާއި އަދި ދަރިމައިވުމުގެ ނިޒާމަށް އެކި ގެއްލުންތައް ވުމަށް މަގުފަހި ކުރާ ކަމަށެވެ.

ބައެއް ދިރާސާތަކުން ދައްކާގޮތުގައި ދުފުމުގެ ސަބަބުން އަނގައިގެ އެތެރޭގައިވާ ހަމުގެ ތުނި ފަށަލަ ބޯވެއެވެ. މިގޮތަށް ހަންބޯވުމަކީ ފަރުވާ ކުރެވޭ ކަމެއް ނޫނެވެ. އަދި މިފަދައިން ހަންބޯވާނަމަ އަނގައިގެ މަސްތައް ހަރުވެ، ހަންގަނޑަށް ވާންވެ، ކަތުރުކަށިގަނޑުގެ ހަރަކާތަށް ހުރަސްއެޅެއެވެ.

އަނގައާއި ކާއެއްޗެހި ދަތުރުކުރާ ހޮޅި ނުވަތަ އީސޯފޭގަސްއަށް ޖެހޭ ކެންސަރު ޖެހުމަށްވެސް މަގުފަހިކުރާ އެއް ކަމެއްގެ ގޮތުގައި ދުފުން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން މާބޮޑަށް ފަލަވުމާއި، ހިތުގެ ބަލިތައް ޖެހުމާއި، ހަކުރު ބަލި ޖެހުމާއި، އަނގަ، ކަރު، ފުރަމޭ، ފިތް އަދި ރަހިމުގެ ކެންސަރު ޖެހުމަކީވެސް ދުފުމުގެ ސަބަބުން މެދުވެރިވެދާނެ ކަންކަން ކަމަށް ސިއްޙީ ތަޖުރިބާކާރުން ބުނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އެންމެ ގިނައިން ޖެހޭ އަނގައިގެ ކެންސަރު ޖެހުމުގެ މައިގަނޑު ސަބަބކީވެސް ދުފުމެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ދުފުމަކީ ގިނަ ދިވެހިންގެ ކަށީގައި ހިފާފައި ހުންނަ އާދައެކެވެ. މިއީ ނުރައްކާތެރި އަދި ފަހުން ހިތާމަވެސް ކުރަންޖެހޭ ފަދަ ކަމެކެވެ. އެހެންނަމަވެސް މިކަން ގަބޫލުކުރަނީ މަދު ބައެކެވެ. އެއްބަޔަކު ފެންފޮދެއް ބޯލިޔަސް ދުފަން ބޭނުންވާއިރު އަނެއްބަޔަކު ހެނދުނު ހޭލާގޮތަށް… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ