- Advertisement -ad image

ނޭވާ ހިއްލާއިރު ކަސްރަތު ކުރުން! މިއީ ހެދޭ ގޯހެއްތަ؟

ad image

ގުޅުންހުރި ލިޔުންތައް

ނޭވާހިއްލުން ނުވަތަ ބްރޮންޝިއަލް އެސްތްމާ އަކީ އޭގެ ސަބަބުން ދިރިއުޅުމުގައި ގިނަ ދަތިތަކެއް ކުރުވާކަމެކެވެ. މިގޮތަށް ބޭވާ ހިއްލާ ބައެއް މީހުންނަކީ މިކަމުގެ ސަބަބުން ދިރިއުޅުމުގެ މުހިއްމު ބައެއް ކަންކަމުން މަހްރޫމްވެސް ވެފައި ތިބި މހުންނެވެ.

‎ ނޭވާހިއްލުމަކީ ނޭވާލާ ނިޒާމަށް ޖެހޭ ދާއިމީ ބައްޔެކެވެ. މިބަލި ޖެހުމުން ކުރިމަތިވާ މައިގަނޑު މައްސަލަ އަކީ ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމެވެ. ނޭވާހިއްލުން ޖެހުމުން ނޭވާހިނގާ މަގުގައި އިންފްލެމޭޝަން އުފެދެއެވެ. އެކަމުގެ ސަބަބުން ނޭވާހިނގާ މަގު ހަނިވެ، ފުއްޕާމެޔަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ބުރޫއަރައެވެ. ނަތީޖާއެއްގެ ގޮތުން ކެއްސުން، ނޭވާލާއިރު ތޫލި އަޑެއްހުރުން، ނޭވާކުރުވެ ނޭވާލާން އުދަނގޫވުން، އަދި މެޔަށް ވާންވެ، ފިތޭގޮތް ވެއެވެ.

ނޭވާހިއްލުމަކީ ބިރުގަންނަން ޖެހޭވަރުގެ ބައްޔެއް ނޫނެވެ. މި ބައްޔަށް ހާއްސަ ބޭސް ގުޅަ އަދި އިންހޭލާރ ގަވާއިދުން ބޭނުންކުރާ ނަމަ މިއީ ބަލީގެ ނުރައްކާ ކުރިމަތިވުމުގެ ފުރުސަތުވެސް ވަރަށް ކުޑަ ބައްޔެކެވެ.

ނޭވާ ހިއްލާނަމަ ކަސްރަތު ކުރެވޭނެތަ؟

އައިޖީއެމްއެޗްގެ ފިޒިޝަން ޑރ. މުހައްމަދު އަލީ ވިދާޅުވާ ގޮތުގައި ނޭވާ ހިއްލާ މީހުން އެކަން ކޮންޓްރޯލް ކުރުމަށްފަހު ކަސްރަތު ކުރަން ފެށިދާނެ އެވެ. އަދި ކަސްރަތު ކުރާއިރު އެމަރޖެންސީ ހާލަތެއްގައި ބޭނުންކުރުމަށް އަބަދުވެސް ގާތުގައި އިންހޭލަރ އެއް ބޭއްވުމަށް ޑޮކްޓަރ ވަނީ ލަފާ ދެއްވާފަ އެވެ.

ކަސްރަތު ކުރުމަކީ އޭގެ ސަބަބުން ނޭވާ ހިއްލުން ކުޑަކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. އެގޮތުން ކަސްރަތުކޮށްގެން ބަރުދަން ލުއިކުރުމުން ހަށިގަނޑުގައި ހުންނަ ސަރުބާތައް ވިރުމުގެ އިތުރަށް ނޭވާ ހޮޅީގެ ވަށައިގެން ހެދިފައި ހުންނަ ސަރުބާތައްވެސް ވިރުވާލަ އެވެ. އަދި މީގެ ސަބަބުން ނޭވާ ހޮޅިތައް ފިތޭ ފިތުންވެސް ކުޑަވާކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ