- Advertisement -ad image

ޔީސްޓް އިންފެކްޝަން: ކާށިތެލުންވެސް ފަރުވާ ހޯދިދާނެ

ad image

ގުޅުންހުރި ލިޔުންތައް

ޔީސްޓް އިންފެކްޝަނަކީ އުނދަގޫވުމުގެ އިތުރުން އެކަމުން ސަލާމަތްވުމަށް ވެސް އެހާ ދަތި އިންފެކްޝަނެކެވެ، ރިސާޗްތަކުން ދައްކާ ގޮތުގައި ވެޖައިނަލް ޔީސްޓް އިންފެކްޝަނަކީ ދުނިޔޭގެ 70 އިންސައްތަ އަންހެނުން އެމީހުންގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ތަހައްމަލް ކުރަން ޖެހޭ ކަމެކެވެ. މިއީ އުނދަގޫ، ވޭނާއި ތަކްލީފް ބޮޑު އަދި ފަރުވާ ނުކޮށް ދޫކޮށްލެވިއްޖެނަމަ ފަހުން އޭގެ ނުރައްކާ ބޮޑު ކަމެކެވެ.

ވެޖައިނަލް ޔީސްޓް އިންފެކްޝަން ހުރިކަމަށް ޝައްކުވާނަމަ އަދި އަލާމާތެއް ފެންނަނަމަ އެންމެ މުހިއްމުކަމަކީ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. އަދި ކައިވެނިކޮށްގެން އުޅޭ ނަމަ ދެމަފިރިންވެސް މިކަމަށް ބޭސްކުރުމަކީ ބުއްދިވެރި ކަމެކެވެ.

ވެޖައިނަލް ޔީސްޓް އިންފެކްޝަންގެ އަލާމާތްތައް:
ކުރިމަތިފަރާތުގައި ރިއްސުން
ކުރިމަތިފަރާތް ރަތްވެ ދުޅަވުން
ކުޑަކަމުދާއިރު ދިލަނެގުން
ކުރިމަތިފަރާތް ކެހުމާއި ހިރުވުން
ފެން ކަހަލަ ޑިސްޗާޖެއް ކުރިމަތިފަރާތުން އައުން
ދެމަފިރިކަމުގެ ގުޅުން ހިންގާއިރު ތަދުވުން
ޔީސްޓް އިންފެކްޝަން އަށް ބޭސް ބޭނުންކުރުމުގެ އިތުރުން ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެނައުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. އަދި ގުދުރަތީގޮތުން ލިބޭ ވަސީލަތްތައް ބޭނުންކޮށްގެންވެސް މި ބައްޔަށް ބައެއް މީހުން ފަރުވާކޮށް އުޅެއެވެ. މީގެން އެކައްޗަކީ ކާށި ތެލެވެ.

ކާށި ތެލަކީ އޭގައި ގިނަގުނަ ފައިދާތަކެއް ހިމެނޭ ބާވަތަކެވެ. އިސްތަށިގަނޑުން ފެށިގެން ހަޖަމް ކުރުމާއި އަދި ހޯމޯންސް ބެލެންސް ކުރުމުގައިވެސް ކާށި ތެޔޮ ނުހަނު މުހިއްމު ރޯލެއް އަދާކުރެއެވެ.

ކާށިތެލުގައި ހުންނަ އެންޓިބެކްޓީރިއަލް މާއްދާތަކަކީ ޔީސްޓް އިންފެކްޝަންއިން ދުރުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެކެވެ.

ދިރާސާތަކުން ބުނަނީ ކީކޭ؟

ކާށިތެޔޮ ބޭނުންކޮށްގެން މިހާތަނަށް ގިނަ ދިރާސާތަކެއް ހަދާފައި ވެއެވެ. އަދި ދިރާސާތަކުން ދައްކާގޮތުގައި ކާށިތެޔޮ ހިމެނެނީ އެންޓިފަންގަލްގެ ތެރޭގައެވެ. ހަމައެހެންމެ ކާށިތެލުގެ އެހީގައި ޔީސްޓް އިންފެކްޝަނަށް ފަރުވާކުރެވޭކަން ދިރާސާތަކުން ވެސް ވަނީ ހޯދިފަ އެވެ.

2007 ވަނަ އަހަރު ހެދި ލެބް ސްޓަޑީއެއްގެ އިތުރުން 2014 ވަނަ އަހަރުގެ ހެދި ކެނިން ދިރާސާއަކުންވެސް ވަނީ ކާށިތެލުގެ އެހީގައި ޔީސްޓް ނައްތާލެވޭކަން ހޯދިފަ އެވެ.

ކާށިތެޔޮ ބޭނުންކުރާނީ ކިހިނެތް؟

ކާށިތެލުން ޔީސްޓް އިންފެކްޝަނަށް ފަރުވާކުރަން ބޭނުންވާނަމަ ގަޑުބަޑުނުކޮށް ހުންނަ ކާށިތެޔޮ އަސަރުކޮށްފައި ހުންނަ ސަރަހައްދުގައި އުނގުޅާނީ އެވެ. އަނގައިގެ އެތެރޭގައި މިފަދަ އިންފެކްޝަނެއް ހުރިނަމަ ކާށިތެޔޮ ފޮދަކުން އަނގަދޮވެލުމަށްފަހު އެއްވެސް އެއްޗެއް ނުކައި 30 ވަރަކަށް މިނިޓް މަޑުކުރާނީ އެވެ.

ހަމައެގޮތަށް ކުރިމަތިފަރާތަށް މި އިންފެކްޝަންގެ އަސަރުކޮށްފައިވާނަމަ ބޭރުން ތެޔޮ އުނގުޅުމަށްފަހު ޓެމްޕޮންއެއްގެ އެހީގައި އެތެރޭގައިވެސް މި ތެޔޮ އުނގުޅާލެވިދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ޔީސްޓް އިންފެކްޝަނަކީ އުނދަގޫވުމުގެ އިތުރުން އެކަމުން ސަލާމަތްވުމަށް ވެސް އެހާ ދަތި އިންފެކްޝަނެކެވެ، ރިސާޗްތަކުން ދައްކާ ގޮތުގައި ވެޖައިނަލް ޔީސްޓް އިންފެކްޝަނަކީ ދުނިޔޭގެ 70 އިންސައްތަ އަންހެނުން އެމީހުންގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ތަހައްމަލް ކުރަން… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ