- Advertisement -ad image

އެންމެ ފަހުން ދަތް އުނގުޅާ ބުރުސް ބަދަލުކުރީ ކޮންއިރަކު؟

ad image

ގުޅުންހުރި ލިޔުންތައް

މި ސުވާލުކޮށްފި ނަމަ ގިނަ މީހުންގެ ޖަވާބަކަށް ވާނީ ހަނދާނެއް ނެތްކަމަށެވެ. އާއްމު ގޮތެއްގައި ކާއެއްޗެހި ނުވަތަ ރީތިވުމަށް ބޭނުންވާ ސާމާނުގެ މުއްދަތު ހަމަވެގެން އެއްލާލި ނަމަވެސް ދަތް އުނގުޅާ ބުރުހަކީ މިގޮތަށް ބަދަލު ކުރުމަށް ވަރަށް ގިނަ ބަޔަކު ހަނދާންނެތޭ އެއްޗެކެވެ. އެހެންނަމަވެސް ސިއްހީ މާހިރުން ދެކޭ ގޮތުގައި އަނގައިގެ ބަލިތަކުން ދުރުވުމަށް ދަތް އުނގުޅާ ބުރުސް ބަދަލުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ބުރުސް ބަދަލުކުރަންވީ ކޮންއިރަކުން؟
އެމެރިކާގެ ޑެންޓަލް އެސޯސިއޭޝަންއިން ލަފާދޭ ގޮތުގައި އެންމެ ލަސްވެގެން ކޮންމެ ތިން މަހަކުން އެއްފަހަރު ދަތް އުނގުޅާ ބުރުސް ބަދަލުކުރަން ޖެހެއެވެ. އެއީ ބުރުސް ބަދަލުކުރާތާ ތިން މަސްވާއިރު އެ ބުރުހުގެ ބައިތައް ހަލާކުވެ އޭގެ ދަތް ސާފުވުމުގެ ފުރުސަތު ކުޑަވާނެތީ އެވެ.

ހަމައެހެންމެ ރޯގާ ޖެހުމަށްފަހު ރަނގަޅުވާ ކޮންމެ ފަހަރަކު ބުރުސް އާކުރުމަކީ ވެސް މުހިއްމު ކަމެކެވެ. އެހެންނޫންނަމަ ރޯގާގެ އަސަރު ގިނަ ދުވަހަށް ނުފިލާ ހުރުމުގެ ފުރުސަތު އޮވެއެވެ.

ބުރުހުގައި ހުންނަ ދަތް އުނގުޅާ ބަޔަކީ އެތަނުގައި އަބަދުވެސް ގިނަ އަދަދަކަށް ފަންގަސް އާއި ބެކްޓީރިޔާ އުފެދޭ ތަނެކެވެ. އެހެންކަމުން ދަތް އުނގުޅުމުގެ ކުރިން އަދި ނިންމުމަށްފަހުވެސް ބުރުސް ރަނގަޅަށް ދޮވެ ސާފުކުރުމަށް ސަމާލުކަން ދޭންވާނެ އެވެ.

ހޯދަންވީ ކޮންކަހަލަ ބުރުހެއް؟
ދަތް އުނގުޅާއިރު ބޭނުންކުރުމަށް އެންމެ ރަނގަޅު ވައްތަރުގެ ބުރުހަކީ ދަތް އުނގުޅާ ބައި މަޑުކޮށް ހުންނަ ބުރުހެވެ. މީގެ ބުރުހުން ދަތްތަކާއި ހިރުގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދެ އެވެ.

އަދި ދަތުގައި ރިއްސާ ހިރުގަނޑުން ލޭ އަންނަނަމަ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ދަތް އުނގުޅާ ބުރުހެއް އިހްތިޔާކުރުކުރުމަކީ މުހިއްމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] މި ސުވާލުކޮށްފި ނަމަ ގިނަ މީހުންގެ ޖަވާބަކަށް ވާނީ ހަނދާނެއް ނެތްކަމަށެވެ. އާއްމު ގޮތެއްގައި ކާއެއްޗެހި ނުވަތަ ރީތިވުމަށް ބޭނުންވާ ސާމާނުގެ މުއްދަތު ހަމަވެގެން އެއްލާލި ނަމަވެސް ދަތް އުނގުޅާ ބުރުހަކީ މިގޮތަށް ބަދަލު ކުރުމަށް ވަރަށް ގިނަ ބަޔަކު ހަނދާންނެތޭ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ