- Advertisement -ad image

މާގިނައިން ކޮފީ ނުބޯތި، ތަލަ ވެދާނެ!

ad image

ގުޅުންހުރި ލިޔުންތައް

ކޮފީ އަކީ އޭގައި ފައިދާ އާއި އެއްވަރަށް ގެއްލުން ހިމެނޭ އެއްޗެކެވެ. ހަންގަނޑަށް ކޮފީއިން ގިނަ ފައިދާތަކެއް ކުރާއިރު މާގިނައިން އޭގެން ފެންނަ ނޭދެވޭ އަސަރުތައްވެސް ނުހަނު ގިނަ އެވެ.

ބޮލުން އިސްތަށި ފޭބުން އެކި ކަންކަމާއި ގުޅިފައިވެއެވެ. މާބޮޑަށް ސްޓްރެސް ވުމާއި ހޯމޯންސް އަށް އަންނަ ބަދަލުތަކާއި އިސްތަށިގަނޑުގައި ލުމަށް ބޭނުންކުރާ ބާވަތްތަކުގެ އިތުރުން ބައެއް ކެއުމުގެ އާދަތަކަކީވެސް ބޮލުން އިސްތަށި ފޭބުމަށް މެދުވެރިވާ ކަންކަމެވެ. ހާއްސަކޮށް ބައެއް ކާނާއަކީ ބޮލުން އިސްތަށި ފެޅުން ހުއްޓުވާ ބާވަތްތަކެވެ. މީގެތެރެއިންވެސް އެކައްޗަކީ ކެފެއިން އެވެ.

ކެފެއިންގެ ފައިދާ އިސްތަށިގަނޑަށް ތަފާތު ގޮތްގޮތަށް ކުރުވައެވެ. އެހެންނަމަވެސް އޭގެ މާނައަކީ ދުވާލަކު ހަ ތަށި ކޮފީ ބުއިމެއް ނޫނެވެ. ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަ ފަދައިން ކޮފީއަކީވެސް މާގިނައިން ބޮއެފިނަމަ އިސްތަށިގަނޑަށް އޭގެން ގެއްލުން ފޯރުވާ އެއްޗެކެވެ.

ކޮފީގެ ފައިދާ އިސްތަށިގަނޑަށް އެންމެ އެދެވޭ ގޮތުގައި ކުރުވަނީ ދުވާލަކު އެއްތަށި ކޮފީ ބޯނަމަ އެވެ. މީގެ ސަބަބުން އިސްތަށިގަނޑު ހަލާކުވުމުން ދުރުކޮށްދީ ހަށިގަނޑަށް ބޭނުންވާ ވިޓަމިން އާއި މިނަރަލްސް ފޯރުކޮށްދިނުމަށް ކޮފީ އެހީތެރިވެދެއެވެ.

ކޮފީ މާގިނައިން ބޯނަމަ އިސްތަށިގަނޑަށް ނޭދެވޭ އަސަރު ފޯރުވާ މައިގަނޑު އެއް ސަބަބަކީ އޭގެ ސަބަބުން ޑީއެޗްޓީ ނަމަކަށް ކިޔާ ހޯމޯންއެއް ހަށިގަނޑުގައި ގިނަވުމަށް މަގުފަހި ވާތީއެވެ. މި ހޯމޯނަކީ ބޮލުން އިސްތަށި ފޭބުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.

އެހެންނަމަވެސް ބައެއް ދިރާސާތަކުން ވަނީ ކޮފީއަކީ އިސްތަށިގަނޑު ދިގުކޮށްދިނުމަށް އެހީވެދޭ މާއްދާއެއްގެ ގޮތުގައިވެސް ހޯދިފައެވެ.

މިކަމުގައި މައްސަލައަކަށް ވަނީ ހަމައެކަނި މާގިނައިން ކޮފީ ބޯ ހިސާބުންނެވެ. މާގިނައިން ކޮފީ ބޯނުމަށް އިސްތަށިގަނޑު ދިގުވެ އިސްތަށި ފަޅާ ސައިކަލްއަށް ބުރުއަރާގޮތްވެ އެވެ. އަދި މި ޕްރޮސަސް ލަސްކޮށް ބައެއް ފަހަރު އިސްތަށި ފެޅުން ވެސް ހުއްޓުވައެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ