- Advertisement -ad image

ދޮންކެޔޮ ތޮށި: މިއީ ނުކައި ދޫކޮށްލާވަރުގެ އެއްޗެއް ނޫން!

ad image

ގުޅުންހުރި ލިޔުންތައް

ދޮންކޭލަކީ ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި ބޭނުންކުރާ މޭވާ އެކެވެ. ދިވެހިން އަމިއްލައަށް ހައްދާ އަދި ބާޒާރަށް ނެރެ ވިއްކާ ދޮންކޭލަކީ އޭގައި ގިނަ އަދަދަކަށް ސިއްހަތަށް ފައިދާހުރި މާއްދާތައް ހިމެނޭ މޭވާ އެކެވެ.

އެހެންނަމަވެސް ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުމެއް ނޯންނާނޭ ބުނާ އުސޫލުން ދޮންކެޔޮގެ ތޮށިގަނޑު ނައްޓާލުމަށްފަހު އޭގެ ބޭނުމެއް ވެސް އަހަރެމެންގެ ތެރެއިން ގިނަމީހުން ނުހިފަ އެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ދޮންކެޔޮ ތޮށި ކަމުދަނީ ހަމައެކަނި ގަސްކާނާގެ ގޮތުގަ އެވެ. މިއީ މުޅިއަކުން ގޯސް ވިސްނުމެއް ނޫނެވެ.

ދޮންކެޔޮ ތޮއްޓަކީ އިންސާނާގެ ހަށިގަނޑަށް އެތައް ގިނަގުނަ ފައިދާއެއް ފޯރުކޮށްދޭ އެއްޗެކެވެ. ދޮންކެޔޮ ތޮށިން ލިބޭ ފައިދާތައް ބަރޯސާވަނީ އެ ދޮންކެޔޮ ވަކެއް ދޮންވެފައި އޮންނަ މިންވަރެއްގެ މައްޗަށެވެ. މިސާލަކަށް ފެހި ކުލައިގައި ހުންނަ ދޮންކޭލު ތޮށިން ހަޖަމްކުރާ ނިޒާމަށް އެހީތެރިވެދޭއިރު، ކަޅުކުލަ އަރާފައި ހުންނަ ދޮންކެޔޮ ތޮއްޓަކީ އެކި ކަހަލަބަލިތަކާއި އަދި އިންފެކްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ވައިޓް ބްލަޑް ސެލްއަށް އެހީވެދޭ އެއްޗެކެވެ.

ޑިޕްރެޝަން

ދޮންކެޔޮ ތޮއްޓަކީ ޑިޕްރެޝަނަށްވެސް އޮތް ފަރުވާ އެކެވެ. އެގޮތުން ދޮންކޭލުގައި ގިނަ އަދަދަކަށް ހިމެނޭ ޓްރައިޕްޓޯފަން ދޮންކެޔޮ ތޮށީގައި ހިމެނޭ ބީ6 އެކުވުމުން ޑިޕްރެޝަންގެ ބައެއް އަލާމާތްތަކާއި އަދި މޫޑް ޑިސްއޯޑަރތައް ކުޑަކުރުމަށް އެހީތެރިވެދެ އެވެ. އަދި މީގައި ހިމެނޭ ވިޓަމިން ބީ6ގެ އެހީގައި ނިދުމަށް އެހީތެރިވެދީ މީހާގެ މޫޑު ރަނގަޅުކޮށްދެ އެވެ.

ހަޖަމު ކުރާ ނިޒާމު

ދޮންކެޔޮ ތޮއްޓަކީ ބަނޑުހަރުވުމާއި އަދި ބޭރަށް ހިންގުމަށްވެސް ފަރުވާއެކެވެ. އަދި ކްރޯން ބައްޔާއި، ފާހަނާ ކުރުމުގެ ދަތިކަން ހުންނަ މީހުންނަށް ވެސް މިއީ ބޭނުންކުރުމަށް ވަރަށް ރަނގަޅު އެއްޗެކެވެ.

ލޮލުގެ ފެނުން ރަނގަޅުކޮށްދޭ

ދޮންކޭލުގެ ތޮއްޓާއި އަދި އޭގައި ހިމެނޭ ވިޓަވިން އޭގެ މާއްދާއަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ
މާއްދާ އެކެވެ.

ކެންސަރަށް އޮތް ފަރުވާއެއް

ދޮންކެޔޮ ތޮއްޓަކީ އޭގައި ގިނަ އަދަދަކަށް ޕޮލީފެނޮލްސް، ކެރޮޓިނޮއިޑްސް އަދި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ ގިނަ އެންޓިއޮކްސިޑެންޓްސް ހިމެނޭ އެއްޗެކެވެ. ދޮންކެޔޮ ތޮށީގެ ތެރެއިން ވެސް ހަލާކުނުވާ ފެހި ތޮށި ކާނަމަ ހަށިގަނޑުގައި މިފަދަ އެންޓިއޮކްސިޑެންޓްސްގެ ލެވްލް މަތިކޮށްދީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

ދޮންކެޔޮ ތޮށި ދުނިޔޭގެ އެކި ހިސާބުތަކުގައި އެކ ގޮތްގޮތަށް ތައްޔާރުކޮށް މީހުން ކައި އުޅެއެވެ. އެގޮތުން ދޮންކެޔޮ ދޮށި ސްމޫތީ، ކެރަމަލައިޒް ކޮށްގެން، ފޮނިތޮށި އަދި ހަކުރާ އެކު ފިހެގެން، ފެނު ކައްކައިގެން، ވިނެގަރ އާއި އެއްކޮށް ސެލަޑެއްގެ ގޮތަށް އަދި މަހާއި އެކުގައި ކައްކައިގެން ވެސް ކެވިދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ