- Advertisement -ad image

އެނގޭތަ! ގޭތެރޭގައި ގަސް ހައްދައިގެން ވެސް ދުޅަހެޔޮކަންމަތީ ތިބެވިދާނެ!

ad image

ގުޅުންހުރި ލިޔުންތައް

ގޭތެރޭގައި އެކި ކަހަލަ ގަސް ބެހެއްޓުމަކީ ފަހުގެ ޓްރެންޑެކެވެ. ހާއްސަކޮށް ކޮވިޑް-19ގެ ދިގު ލޮކްޑައުންގައި އެންމެ ގިނަ މީހުން ހޮބީއެއްގެ ގޮތުގައި ވެސް ކޮށްފައިވަނީ މިކަމެވެ.

ގޭތެރޭގައި ގަސް ހެއްދުމަކީ ގޭތެރެ ޒީނަތްތެރިވުމުގެ އިތުރުން އަމިއްލަ ހަށިގަނޑަށް ވެސް އޭގެން ހެޔޮ ބަދަލު ގެނެސްދޭ ކަމެކެވެ. އެގޮތުން ގިނައިން ގަސް ހައްދާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން އެހެންމީހުންނާއި އަޅާބަލާއިރު ރަނގަޅުކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ގޭތެރޭގައި ގަސް ހެއްދުމުގެ ސަބަބުން ސްޓްރެސް ކުޑަކޮށްދެ އެވެ. އަދި މީހާގެ މޫޑް ރަނގަޅުކޮށްދީ ޑިޕްރެޝަން ފަދަ ބޮޑެތި ބަލިތަކުން ވެސް އަރައިގަތުމަށް އެހީތެރިވެދެ އެވެ.

ހަމައެހެންމެ ގޭތެރޭގެ ވައިސާފުކޮށްދިނުމަކީވެސް މިފަދަ ގަސްތަކުން ލިބޭ ފައިދާއެކެވެ. މީގެ ސަބަބުން ބޮލުގެ ރިހުންތަކުން ދުރުކޮށްދިނުމާއި ހަންގަނޑު ކުރަކިވުމުން ދުރުކޮށްދެ އެވެ. ގަސް ހައްދާއިރު ބޭނުންކުރާ ވެއްޔަކީ އޭގައި ގިނަ އަދަދަކަށް މައިކްރޯބްސް ހިމެނޭ އެއްޗެކެވެ. މިފަދަ ވެލީގައި ގަސް ހައްދާނަމަ ގޭތެރޭގައި މައިކްރޮބައޯމް ޑައިވަރސިޓީ އިތުރުކޮށްދެ އެވެ. މިއީ އިންސާނާގެ އެތެރެހަށި އަދި ހަންގަނޑަށް ވެސް ނުހަނު ފައިދާ ކުރުވާ އެއްޗެކެވެ.

ގޭތެރޭގައި ގަސް ހެއްދުމުގެ އަނެއް ފައިދާއަކީ ނޭވާލުމަށް ފަސޭހަވުމެވެ. މިފަދަ ގަސްތަކުގެ އެހީގައި ގޭތެރޭގެ ވައި ސާފުކޮށްދެއެވެ. އެހެންކަމުން އެސްތްމާ ހުންނަ މީހުންނަށް މިއީ ވަރަށް ރަނގަޅު ކަމެކެވެ.

ގަސް އިންދާއިރުވެސް ގޭތެރޭގައި އިންދުމަށް ވަކި ހާއްސަ ބާވަތްތަކުގެ ގަސް ހުރެއެވެ. ކޮންމެކޮންމެ ގަހެއް އަދި ގޭގެ އެތެރޭގެ މާހައުލާއި ނުގުޅިދާނެ އެވެ. މިގޮތުން ގޭތެރޭގައި ހެއްދުމަށް އެންމެ ރަނގަޅު ބާވަތްތަކަކީ ސްޕައިޑަރ ޕްލާންޓް، ސްނޭކް ޕްލާންޓް، ޕީސް ލިލީ، އެލިފަންޓް އިއާ ޕްލާންޓް،ފާރންސް، ޕޯތޯސް ފަދަ ގަސްގަހެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ