Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ބަނގުރަލުގެ ސަބަބުން ކޮންމެ ދިހަ ސިކުންތަކުން މީހަކު މަރުވޭ

ad image

ގުޅުންހުރި ލިޔުންތައް

ބަނގުރަލަކީ އޭގައި އެތައް ގެއްލުމެއް ހިމެނޭ އެއްޗެކެވެ. މާތް ﷲ ބަނގުރާ ހަރާމްކުރައްވާފައިވަނީވެސް މި ސަބަބާއި ހުރެ އެވެ.

އެކި ނަންނަމުގައި ބަނގުރާ ވިއްކަމުންދާއިރު އެ ހުރިހާ އެއްޗަކުންވެސް ހަށިގަނޑަށް ގެއްލުން ލިބޭކަން ސައިންސްގެ އެހީގައިވެސް ވަނީ ހޯދިފައ އެެވެ. އަދި އެހެން އެއްޗަކާއި އެއްކޮށްގެން ބުއި ނަމަވެސް ބަނގުރަލުން ހަށިގަނޑަށް އޭގެން ގެއްލުން ލިބެއެވެ. އަދި މި ބޯ މީހުންގެ ފުރަމޭ ހަލަކުވެ އެކި ބަލިތައް ފަސޭހައިން ޖެހުމަށް މެދުވެރިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދާދިފަހުން ބުނިގޮތުގައި ބަނގުރަލުގެ ސަބަބުން ކޮންމެ ދިހަ ސިކުންތަކުން ދުނިޔެއިން މީހަކު މަރުވެއެވެ. މި މީހުންނަކި ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ބަނގުރާ ބޮއެފައި ނުވަތަ ބޮމުންދިޔަ މީހުންނެވެ.

ބަނގުރާ ބޯ މީހުންނަށް ތަފާތު ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތި ކުރުވައެވެ. މީގެތެރޭގައި ކެންސަރު ޖެހުމާއި، ފުރަމޭ ހަލާކުވުން، ހިތުގެ ބަލިތައް އަދި ނަފްސާނީ ބަލިތައްވެސް ހިމެނެ އެވެ. ހަމައެހެންމެ ބަނގުރަލަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި ހުންނަ ކަށިތައް ވެސް ފީކޮށްލާ އެއްޗެކެވެ.

ބަނގުރަލަކީ ދެވިހިފާ އެއްޗެެއްކަމުން މިފަދަ ބުއިމަކީ އިންސާނުންނަށް އެއްވެސް ފައިދާއެއް ނެތް ގެއްލުން ހުރި އެއްޗެއް ކަމަށް ހުޅަނގުގެ ސައިންސްވެރިންނާއި ސިއްހީ މާހިރުންވެސް އިއްތިފާގުވެއެވެ. އަދި އެއްވެސް ހާލެއްގައި މިއީ ކެއުން ބުއިމުގައި ހިމަނަން ރަނގަޅު ބާވަތެއް ނޫންކަމަށް އެމީހުންވެސް އެއްބަސްވެއެވެ.
ު
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (الخمرُ أمُّ الخَبائِثِ، و مَنْ شربَها لمْ يَقْبَلِ اللهُ مِنْهُ صَلاةً أربعينَ يومًا، فإنْ ماتَ و هيَ في بَطْنِهِ ماتَ مَيْتَةً جَاهِلِيَّةً) ”ބަނގުރަލަކީ ހުރިހައި ނުބައި މުޑުދާރު ވެގެންވާ ފާފަތަކުގެ މައި މޫގަނޑެވެ. (ހުރިހައި މުޑުދާރު ކަންތައްތަކެއްގެ މަންމަ އެވެ.) ބަނގުރާ ބޮއެފި މީހާގެ ނަމާދު 40 ދުވަސް ވަންދެން ޤަބޫލު ނުކުރެއްވޭނެ އެވެ. އަދި އެ ބަނގުރާ އޭނާގެ ބަނޑުގައި ހުއްޓާ އޭނާ މަރުވެއްޖެ ނަމަ، އޭނާ މަރުވެގެން އެ ދިޔައީ ޖާހިލިއްޔަތުގެ މަރެއްގަ އެވެ.“السلسلة الصحيحة ، حسن 1854

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
(ثلاثةٌ لا يدخُلون الجنَّةَ مدمنُ الخمرِ، وقاطعُ الرَّحِمِ ، ومُصدِّقٌ بالسِّحرِ ، ومن مات مُدمِنَ الخمرِ سقاه اللهُ جلَّ وعلَا من نهرِ الغُوطةِ ، قيل : وما نهرُ الغُوطةِ قال : نهرٌ يجري من فُرُوجِ المُومِساتِ ، يُؤذي أهلَ النَّارِ ريحُ فُروجِهم)
”ސުވަރުގެ ނުވަންނާނެ 3 މީހަކުވެ އެވެ. ބަނގުރާ ބުއިމަށް ދެވިހިފާފަ ހުންނަ މީހާ، ރަޙިމްގެ ގުޅުން ކަނޑާލާ މިހާ އަދި ސިޙުރު ތެދުކުރާ މީހާ އެވެ. ބަނގުރާބޯން ދެވިހިފާފައި ހުންނަ މީހާ މަރުވެއްޖެ ހިނދުގައި، ﷲ އޭނާއަށް ޣޫޠަ ކިޔުނު ކޯރަކުން ބޯންދެއްވާނެ އެވެ. އެހިނދުގައި ދެންނެވުނެވެ. ޣޫޠަ ކޯރަކީ ކޮންއެއްޗެއް ތޯ އެވެ؟ (ޙަދީޘް ކުރެއްވި އެވެ.) ޒިނޭ ކުރާ އަންހެނުންގެފަރުޖުތަކުން އޮހޮރިގެންދާ ދިޔަ އެވެ. އެ އަންހެނުންގެ ފަރުޖުގެ ނުބައިވަހުން ނަރަކައިގެ އަހުލުވެރިންނަށް އުނދަ ގޫވެ އެވެ.“
المنذري الترغيب والترهيب ، حسن

”ބަގުރަލުގެ 10 ބަޔަށް ﷲ ގެ ރަސޫލާ ﷺ ލަޢުނަތްލެއްވި އެވެ. ބަގުރާ ތައްޔާރުކޮށް އަމިއްލައަށް ބޯ މީހާ، ބަގުރާ ބުއިމަށްޓަކައި އެހެންމީހެއްގެ ކައިރިން އެދޭ މީހާ، ބަގުރާ ބޯމީހާ، ބަގުރާ އުފުލާ މީހާ، އެމީހެއްގެ ކައިރިއަށް އުފުލައި ގެނެސްދެވޭ މީހާ، ބަގުރާ އަޅައިދޭ މީހާ، ބަގުރާ ވިއްކާ މީހާ، އޭގެ ފައިސާ ކާ މީހާ، ބަގުރާ ގަންނަމީހާ އަދި އެމީހަކަށް ގަނެދެވޭ މީހާ އެވެ.“ الترمذي 1290 قال الألباني حسن صحيح މި އެންމެންނަކީ މި ފާފައިގައި ﷲ ގެ ލަޢުނަތް ޙައްޤުވެގެންވާ މީހުންނެވެ. ލަޢުނަތުގެ މާނައަކީ ﷲގެ ނުރުއްސެވުމާއި ކޯފާވޮޑިގެންވުމެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ