- Advertisement -ad image

ޖުމްހޫރީ މޭވާ އާއި އޭގެ ފަތުގެ ފައިދާ

ad image

ގުޅުންހުރި ލިޔުންތައް

ޖުމްހޫރީ މޭވާ ނުވަތަ ފެޝަން ފްރުޓް ރާއްޖެއަށް ތައާރަފް ވެފައި ވަނީ ރާއްޖޭގެ ޒަމާންވީ ރަސްކަމެއް ނިމި، ރިޔާސީ ނިޒާމަކަށް ނުވަތަ ޖުމްހޫރީ ވެރިކަމަކަން ބަދަލުވި ދުވަސްވަރު އެވެ. އެހެންކަމުން ފެޝަން ފްރުޓަށް ދިވެހިން ކިޔައި އުޅުނީ ޖުމްހޫރީ މޭވާ އެވެ. އޭގެ ފަހުން އެނަން މުޅި ރާއްޖެއަށް ތައާރަފުވެ، ވައިގަ ހިފި އެވެ.

ޖުމްހޫރީ މޭވާއަކީ އަނގަޔަށް މީރު އަދި ހައްދަންވެސް ފަސޭހަ މޭވާއެކެވެ. ރީތި މަލެއް އަޅާ މި މޭވާއަޅަނީ ވެލެއްގަ އެވެ. ފެޝަން ފުރުޓަކީ ޖޫސް ގިރުމުގެ އިތުރުން ތަފާތު ފޮނި އެއްޗެހި ހެދުމަށްވެސް ބޭނުންކުރާ މޭވާ އެކެވެ. މީގެ އިތުރުން ޖުމްހޫރީ މޭވާ ވެލުގެ ފަތަކީ ވެސް މަސްހުނި އަދި ސަޓަނި ފަދަ އެއްޗެހި ތައްޔާރުކުރުމަށް ބޭނުންކުރާ ފަތެކެވެ.

ޖުމްހޫރީ މޭވާގައި ތަފާތު 13 ވައްތަރެއްގެ ކެރޮޓިނޮއިޑް އަދި 8 ވައްތަރެއްގެ ޕޮލީފީނޯލް އެކުލެވިގެންވެ އެވެ. ވިޓަމިންސީ އާއި، ވިޓަމިންއޭ އަދި ޕޮޓީޝިއަމް ވެސް ޖުމްހޫރީ މޭވާގައި ހުރެ އެވެ.

ހަމައެހެންމެ މީގެ ފަތަކީވެސް ތަފާތު ވައްތަރުގެ އެންޓިއޮކްސިޑެންޓްސްއިން މުއްސަނދިވެގެންވާ ފަތެކެވެ.

ފެޝަން ފުރުޓްގެ އޮށަކީ ފައިބަރ ގިނަ އަދަދަކަށް ހިމެނޭ އޮށެކެވެ. މީގެ އެހީގައި ލޭ ހޮޅީގައި އުފެދޭ ކޮލެސްޓްރޯލް ނައްތާލުމަށް އެހީތެރވެދެ އެވެ. ކޮލެސްޓްރޯލް އަކީ ހިތުގެ ދުޅަހެޔޮކަމާއި ވަރަށް ބޮޑަށް ގުޅުން އޮންނަ އެއްޗެކެވެ.

ފެޝަން ފުރުޓް އަދި އޭގެ ފަތަކީ އެންޒައިޓީ ކުޑަކޮށްދޭ އެއްޗެކެވެ. ގިނައިން ފެޝަން ފުރުަޓް ކާނަމަ ނާރުތައް ހަމަޔަކަށް އެޅެއެވެ. ހަމައެހެންމެ މީގެ ސަބަބުން ހިތްހަމަޖެހި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ.

ނޭވާ ހިއްލުން، ހޯއްގޮއްވާ ކެއްސުން، ވައިނޮޅީގެ ކަފި ދުޅަވުން، އަދި ކެއްސުމާއި މިނޫނަސް ނޭވާލާ ނިޒާމަށް ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް ބްރެޒިލް ފަދަ ގައުމު ތަކުގައި ޖުމްހޫރީ މޭވާގެ ޖޫސް ބޭނުން ކުރެވެ އެވެ. ޕެރޫގައި ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް ލުއިކުރުމަށް ޖުމްހޫރީ މޭވާ ބޭނުންކުރެ އެވެ.

ހަމައެހެންމެ ފެޝަންފުރުޓަކީ އެކި ކަހަލަ ކެންސަރަށްވެސް އޮތް ފަރުވާ އެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ޖުމްހޫރީ މޭވާ ނުވަތަ ފެޝަން ފްރުޓް ރާއްޖެއަށް ތައާރަފް ވެފައި ވަނީ ރާއްޖޭގެ ޒަމާންވީ ރަސްކަމެއް ނިމި، ރިޔާސީ ނިޒާމަކަށް ނުވަތަ ޖުމްހޫރީ ވެރިކަމަކަން ބަދަލުވި ދުވަސްވަރު އެވެ. އެހެންކަމުން ފެޝަން ފްރުޓަށް ދިވެހިން ކިޔައި އުޅުނީ ޖުމްހޫރީ މޭވާ އެވެ. އޭގެ ފަހުން… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ