- Advertisement -ad image

މި 5 ބާވަތުގެ ކާނާއިން ދަރިފުޅުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރެވިދާނެ!

ad image

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންނަކީ ފަސޭހައިން ރޯގާ އަދި ހުންޖެހޭ ބައެެކެވެ. ދުވަހުގެ ގިނަ ވަގުތުތައް އެހެން ކުދިންނާއެކު ހޭދަކުރުމަކީވެސް މިފަދަ ރޯގާތަކަށް މަގުފަހިވާ ކަމެކެވެ. އަދި ޗުއްޓީ ނިމި ސްކޫލްތައް ހުޅުވޭ ދުވަސްވަރަކީ މިފަދަ ރޯގާތައް އާދަޔާ ހިލަފަށް އިތުރުވާ ދުވަސްކޮޅެކެވެ.

އެހެންކަމުން ބެލެނިވެރިން ކޮންމެހެންވެސް ކުދިންގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބެހެެއްޓުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެންމެ ބޮޑު އެހީތެރިވެދެނީ ކެއުމުގައި ބޭނުންކުރާ ބާވަތްތަކެވެ.

މީގެތެރޭގައި އެންޓިއޮކްސިޑެންސް ހިމެނޭ ތަފާތު ވައްތަރުތަކުގެ ތަރުކާރީ، މޭވާ، ބެރީސްގެ އިތުރުން ބަދަން ވެސް ހިމެނެ އެވެ.

  1. ބެރީސް
    ކުޑަކުދިން ކެއުމަށް ގަޔާވާ ބެރީސްގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ހިމެނެ އެވެ. އަދި މީގެ އެހީގައި މުޅި އާއިލާވެސް ދުޅަހެޔޮކޮސް ހުރުމަށް އެހީތެރިވެދެ އެވެ.

ބެރީސް ހެނދުނު ނާސްތާގެ ގޮތުގައި ސީރިއަލްގައިވެސް ހިމެނިދާނެ އެވެ. އަދި ސްމޫތީއެއްގެ ގޮތުގެ އިތުރަށް ކުދިންގެ އިންޓަވަލްގައި ވެސް ހިމަނާލެވޭނެ އެވެ.

ބެރީސްގައި ހުންނަ އެންޓިއޮކްސިޑެންޓްސްގެ އެހީގައި ދިފާއީ ނިޒާމު ވަރުގަދަކޮށް ބަލިތަކާއި ދެކޮޅަށް މަސައްކަތް ކުރަން އެހީތެރިވެދެ އެވެ. ބެރީސްގެ ތެރޭގައި ސްޓްރޯބެރީ، ބްލެކް ބެރީ، ކްރޭންބެރީ އަދި ރާސްބެރީ ފަދަ ބާވަތްތައް ހިމެނެ އެވެ.

  1. ހުތްގަދަ މޭވާތައް
    ހުތްކަން ގަދަ މޭވާތަކަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިންސީ ހިމެނޭ ބާވަތެކެވެ. މީގެ ސަބަބުން ވަރަށް އަވަހަށް ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެއެވެ.

ގިނަ ކުދިންނަކީ މެންޑަރިން ފަދަ މޭވާތަކަށް ވަރަށް ދޯޅަ ކުދިންނެވެ. އެހެން. ކަމުން މިފަދަ މޭވާގެ ޖޫހެއްވެސް ނާސްތާގައި ހިމަނާލެވިދާނެ އެވެ.

  1. ފެހިކަން ގަދަ ފަތް
    އާއްމުގޮތެއްގައި ފެހިކުލަ ގަދަ ފަތުގެ ބާވަތްތައް ކުޑަކުދިންނަށް ކާންދިނުމަކީ ގިނަ ބެލެނިވެރިންނަށް ވަރަށް ބޮޑު ޗެލެންޖެކެވެ. އެހެންނަމަވެސް މިއީ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ.

ކޮންމެ ދުވަހަކުވެސް ކުދިންގެ ކެއުމުގައި ފަތުގެ ބާވަތްތައް ހިމެނުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ މީގެ އެހީގައި ކުދިންގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ވިޓަމިންސް، ކެރޮޓޮނޮއިޑްސް އިތުރުކޮށްދޭތީ އެވެ.

  1. ބިމުގެ އަޑިއަށް މޫލާފައި ހުންނަ ތަރުކާރީ
    ތަރުކާރީގެ ބާވަތްތަކުގެ ތެރެއިންވެސް ބިންގަނޑު އަޑިއަށް މޫ ފައިބާފައި ހުންނަ ތަރުކާރީ ވަކިން ހާއްސަ އެވެ. ކެރެޑް، ކައްޓަލަ، ދަނޑިއަލުވި، ބަރަބޯ އަދި އަލުވި ވެސް މީގެތެރޭގަައި ހިމެނެ އެވެ.

މި ބާވަތުގެ ތަރުކާރީ އަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސްގެ އިތުރުން ވިޓަމިން އޭ، ސީ އަދި މެގްނީސިއަމް އާއި މެގްނީސް ހިމެނޭ ބާވަތްތަކެވެ.

  1. ޔޯގަޓް އަދި ބަދަން
    ޔޯގަޓްއަކީ ވަރަށް ގިނަ ކުޑަކުދިންނަށް ކަމުދާ އެއްޗެކެވެ. މިއީ ހުސް ރަނގަޅު ގަޓް ބެކްޓީރިއާގެ އިތުރުން ޕްރޮބައޮޓިކްސްއިން މުއްސަނދިވެފައިވާ އެއްޗެކެވެ.

ޔޯގަޓްގެ އެހީގައި ބަނޑުގައި އުފެދޭ ގޯސް ބެކްޓީރިއާތައް ނައްތާލުމަށް އެހީތެރިވެދެ އެވެ. ހަމައެހެންމެ ޔޯގަޓަކީ ފައިބަރވެސް ގިނައިން ހިމެނޭ އެއްޗެކެވެ.

މީގެއިތުރުން އެކި ކަހަލަ ބަދަނާއި އޮށަކީވެސް އޭގައި ގިނަ އަދަދަކަށް ވިޓަމިން އޭ ހިމެނޭ އެއްޗެކެވެ. މީގެތެރޭގައި ސަންފްލާވށ އޮށް، ބަރަބޯ އޮށް، ކެޝޫނަޓްސް، އަލްމަންޑްސް، ވޯލްނަޓްސް އަދި ޕީނަޓްސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ކުޑަކުދިންނަކީ ފަސޭހައިން ރޯގާ އަދި ހުންޖެހޭ ބައެެކެވެ. ދުވަހުގެ ގިނަ ވަގުތުތައް އެހެން ކުދިންނާއެކު ހޭދަކުރުމަކީވެސް މިފަދަ ރޯގާތަކަށް މަގުފަހިވާ ކަމެކެވެ. އަދި ޗުއްޓީ ނިމި ސްކޫލްތައް ހުޅުވޭ ދުވަސްވަރަކީ މިފަދަ ރޯގާތައް އާދަޔާ ހިލަފަށް އިތުރުވާ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ