- Advertisement -ad image

ދުޅަހެޔޮ ކައިވެންޏަކަށް މާމުއި ވަރެއް ނެތް!

ad image

ގުޅުންހުރި ލިޔުންތައް

މާމުއި އަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. މިއީ ކެއުމުގައި ގިނަ ބަޔަކު ބޭނުންކުރާ ބާވަތެއްވެސް މެއެވެ. މާމުޔަކީ ކައިވެންޏެއް ބާއްޖަވެރި ކޮށްދިނުމަށްވެސް ނުހަނު މުހިއްމު ރޯލެއް އަދާ ކުރާ އެއްޗެކެވެ.

ދެމަފިރިންގެ ގުޅުން ބަދަހިކުރުމަށް މާމުއީގެ ދައުރު ވަރަށް ބޮޑުކަމަށް އެކި ސިއްހީ ދިރާސާތަކުންވެސް ވަނީ ހޯދިފަ އެވެ. އެގޮތުން ދެމަފިރިކަމުގެ ގުޅުމުން ފެށިގެން، ސްޓްރެސް، އެންޒައިޓީ އަދި ވަރުބަލިވުން ކުޑަކޮށްދިނުމަށްވެސް މާމުއި އެހީތެރިވެދެ އެވެ.

ގުދުރަތީ ފޮނިކަމެއް އެކުލެވޭ މާމުއީގައި ސިއްހީ ދުޅަހެޔޮކަމާއި ޖިންސީ ދުޅަހެޔޮކަން އިތުރުކޮށްދޭ އެތައް މާއްދާއެެެއް ހިމެނެ އެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ވިޓަމިންސް، ޕްރޮޓީންސް އަދި އެމިނޯ އެސިޑްސް ހިމެނެ އެވެ.

އެތައް ޒަމާނެއް ކުރިންވެސް ސިއްހީ މާހިރުން ދަނީ މާމުއިއަކީ ޖިންސީ އެދުން އިތުރުކޮށްދިނުމާއި ދަރިމައިވުމުގެ ނިޒާމު ދުޅަހެޔޮކޮށްދޭ ކާނާއެއް ކަމަށް ބުނަމުންނެވެ. މާމުއިން މި ހުރިހާ ކަމެއް ހާސިލްކޮށްދެނީ އޭގައި ގިނަ އަދަދަކަށް ހިމެނޭ ވިޓަމިންސީ ބީ ކޮންސެންޓްރޭޝަން އާއި ބޮރޮންގެ ސަބަބުންނެވެ.

ދެމަފިރިކަމުގެ ގުޅުން ރަނގަޅުކުރުމަށްޓަކައި ގިނަ ކުންފުނިތަކުން ފިރިހެނުން ބޭނުންކުރުމަށް އުފައްދާ އެކި ސަޕްލމެންޓްތަކުގައި ހިމެނޭ އެއް ބާވަތަކީ ނައިޓްރޮކްސައިޑް އެވެ. މާމުއީގެ އެހީގައިވެސް ހަށިގަނޑުގައި މި މާއްދާ އިތުރުކޮށްދިނުމަށް އެހީތެރިވެދެ އެވެ. މީގެ ސަބަބުން ފިރިހެނުންގެ ޖިންސީ ނިޒާމު ވަފުގަދަކޮށްދެ އެވެ.

ހަނީމޫން މި ނަމުގެ ސިއްރުވެސް ގުޅިފައިވަނީ ހަނީ ނުވަތަ މާމުޔާ އެވެ. މިއީ ދެމަފިރިންވެސް ބޭނުންކުރުމަށް އެއްވަނައިގެ އެއްޗެކެވެ. ހަމައެހެންމެ ދަރިން ލިބުމަށް ދަތިވާ މީހުންނަށްވެސް މާމުއި އެތައް ގޮތަކަުން އެހީތެރި ވެދެއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. […] މާމުއި އަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. މިއީ ކެއުމުގައި ގިނަ ބަޔަކު ބޭނުންކުރާ ބާވަތެއްވެސް މެއެވެ. މާމުޔަކީ ކައިވެންޏެއް ބާއްޖަވެރި ކޮށްދިނުމަށްވެސް ނުހަނު މުހިއްމު ރޯލެއް އަދާ ކުރާ… އިތުރަށް ވިދާޅުޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ