- Advertisement -ad image

ކޮންމެ 4.4 ސިކުންތުން ތުއްތު ކުއްޖެއްގެ ފުރާނަ ގެއްލޭ!

ad image

ގުޅުންހުރި ލިޔުންތައް

2021 ވަނަ އަހަރު މުޅި ދުނިޔެއިން 5 އަހަރުން ދަށުގެ ފަސް މިލިޔަން ކުޑަކުދިން ވަނީ މަރުވެފަ އެވެ. މިހާ ޅަ އުމުރެއްގައި މިހާ ބައިވަރު ތުއްތުކުދިން މަރުވުމުގެ ހަގީގަތަކީ ކޮބާ ހެއްޔެވެ؟ މި ހުރިހާ ވާހަކައެއްގެ ތެރެއިން އަންނަ 4.4 ސިކުންތުގެ އަސްލަކީ ކޮބާ ބާވައެވެ؟

4.4 ސިކުންތުން ނިސްބަތް ކޮށްދެނީ މިކުދިން މަރުވާ ވަގުތެވެ. ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރުކޮންމެ 4.4 ސިކުންތަކުން ތުއްތު ކުއްޖެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. މި ކުދިންގެ ތެރޭގައި ހިމެނެނީ ހުސް އުމުރުން 5 އަހަރު ނުވާ ކުދިންނެވެ.

ޅައުމުރުގައި ކުދިންގެ ފުރާނަ ގެއްލޭ މައިގަނޑު ސަބަބަކީ އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުވެ. މީގެ ސަބަބުން ވިހެއުމުގެ ތެރެއިން، އަދި އުފަންވާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ވެސް ގިނަ ކުދިންގެ ފުރާނަ ވަނަި ގެއްލިފަ އެވެ. މިގޮތަށް އެންމެ ގިނަ ކުދިން މަރުވެފައިވަނީ ވެސް ދަށް އަދި މެދު ފަންތީގެ ޤައުމުތަކުންނެވެ.

މީގެއިތުރުން ސިއްހަތު ޖަމިއްޔާއިން ހާމަކުރިގޮތުގައި 2021 ވަނަ އަހަރު އުމުރުން 5 އަހަރާއި. 24 އަހަރާއި ދެމެދުގެ 2 މިލިޔަނަަށްވުރެ ގިނަ ކުދިންގެ ފުރާނަ ވަނީ ގެއްލިފަ އެވެ. އަދި މިތަނުން ގިނަ މަރުތަކަކީ އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިއްޖެނަމަ ސަލާމަތް ކުރެވިދާނެ ފުރާނަތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ