- Advertisement -ad image

ތަތްނުލަވާ ތަވާގައި ކޫރުން އެޅޭ ހިސާބުން ބަދަލުކުރަންޖެހޭތަ؟

ad image

ގުޅުންހުރި ލިޔުންތައް

ތަތްނުލަވާ ތަވާގައި ކޫރުން އެޅޭ ހިސާބުން ބަދަލުކުރަންޖެހެއެވެ.
ފިޒީޝަން ޑރ މުހައްމަދު އަލީ ވިދާަޅުވަނީ ތަތްނުލަވާ ތަވާ އަދި ތެލިފަދަ ތަކެތީގައި ކޫރުން އަޅަންފަށާއި ހިސާބުން ބަދަލު ކުރަން ވިސްނަންޖެހޭ ކަމަށެވެ.

ޒަމާން ބަދަލުވަމުންދާ ވަރަކަށް ހިފާ ގެންގުޅޭ ތަކެތިވެސް ދަނީ ޒަމާނާ އެއް ފެންވަރަށް ބަދަލުވަމުންނެވެ. މީގެތެރެއިން އެކައްޗަކީ ތަތްނުލަވާ ތަވައާއި ތެއްޔެވެ. މިއީ ކައްކާއިރުތެލީގެ ފުލުގައި ޖެހުމުން ދުރުކޮށްދީ އަދި ނަރުގަނޑުލައިގެން ތެލީފުލުގައި ތަތްލާފައި ހުރި ކާއެއްޗެހި ނައްޓަން ކުރި ބުރަ މަސައްކަތަށް ލިބުނު ލުޔެކެވެ.

އެހެންނަމަވެސް ތަތްނުލަވާ ތަވާގެ ތަތްކަން ކެނޑި ތަވާގެ ފުލުގައި ގިރިސް ހިފާއިރުވެސް މި ތަކެތި އުކާލުމަށް ބޭނުން ނުވާ އެތައް ބަޔަކު އުޅެއެވެ. މިއީ އަހަރެމެންނަށް ވަރަށް އާދައިގެ ކަމަކަށް ވިޔަސް ހަގީގަތުގައި މިއީ ވަރަށް ސީރިއަސް ކަމެކެވެ.

ޓެފްލަން އަދި ޕީއެފްއޯއަކީ ކޮބާ؟

ތަތްނުލަވާ ތަވާ އެއްޗެހި އުފައްދާއިރު އޭގެ އެތެރޭގައި ތަތްނުލަވާގޮތަށް ހުންނަ ފަށަލައަށް ކިޔާ ނަމަކީ ޕޮލިޓެޓްރަފްލޮރިތައިލީން (ޕީޓީއެފްއީ) ނުވަތަ ޓެފްލަން އެވެ. ޓެފްލަން އުފައްދާފައި ހުންނަނީ އާރޓިފިޝަލް ކެމިކަލްކަމަށްވާ ކާބަން އާއި ފްލޮރިން އެޓޮމްސް އިންނެވެ.

އެންމެ ފުރަތަމަ ތަތްނުލަވާ ތަވައެއް އީޖާދުކޮށްފައިވަނީ 1930ގެ ތެރޭގަ އެވެ. ތަތްނުލަވާ ތަވާގެ އިތުރަށް ކޭބަލް އާއި ފެބްރިކް އަދި ކާޕެޓު ޕްރޮޓެކްޓަރެއްގެ ގޮތުގައި ވެސް ޓެފްލަން ބޭނުންކުރެއެވެ.

މިފަހަކަށް އައިސް ގިނަ ޓެފްލަން ހިމެނޭ ތަކެތި ތައްޔާރުކޮށްފައި ހުންނަނީ ޕާރފްލޮރޯކްޓެނޮއިކް އެސިޑް (ޕީއެފްއޯ) ނުހިމެނޭ ގޮތަށެވެ. ޕީއެފްއޯ ފްރީ ގިނަ އެއްޗެހިން ސިއްހީ ގެއްލުމެއް ނެތްކަމަށް ބައެއް ސިއްހީ މާހިރުން އިއްތިފާގު ވެއެވެ.

އެހެންނަމަވެސް ތަތްނުލަވާ ތަވާ ޕީއެފްއޯ ފްރީކޮށް އުފައްދަން ފަށާފައިވަނީ 2013 ވަނަ އަހަރުގައި ކަމުން އަދިވެސް އޭގެ ކުރީގެ ތަވާ މާކެޓްގައި އުޅުމަކީ އެކަށީގެންވާ ކަމެކެވެ.

ކެންސަރަށް މަގުފަހިކޮށްދޭ!

މިދިޔަ އަހަރު ދަ ހެލްތްލައިން މަޖައްލާގައި ވަނީ ތަތްނުަލަވާ ތަވައަކީ ކެންސަރަށް މަގުފަހިވާ ކުރުވާ އެއްޗެއްގެ ގޮތަށް ބައެއް ސިއްހީ މާހިރުން ސިފަކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ހިފާ ގެންގުޅޭ އެއްޗެހީގެ އޮރިޖިނަލް ނަކަލުކޮށް ފޭކު އެއްޗެހި އުފެއްދުން މި ޒަމާނުގައި ވެފައިވަނީ ވަރަށް އާއްމު ކަމަކަށެވެ. މީގެތެރޭގައި ތަތްނުަލަވާ ތަވާވެސް ހިމެނެ އެވެ. އެހެންކަމުން މިފަދަ ފޭކު ޕްރޮޑަކްޓެއް ބޭނުންކުރާނަމަ ކެންސަރު، ތައިރޮއިޑްގެ ބަލިތައް، ކިޑްނީގެ ބަލިތައް، ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ދަރިމައިވުމަށްވެސް ހުރަސް އެޅެއެވެ.

ތަތްނުަލަވާ ތަވާ އުފައްދާ ފަރާތްތަކުންވެސް ބުނާގޮތުގައި ތަތްނުލަވާ ތަވާގައި އެއްޗެހި ތަތްލަވަން ފެށުމަކީ ތަވާ އެއްލާލަން ޖެހޭ ކަމުގެ އަލާމާތެކެވެ. ތަވާގައި ތަތްލާން ފެށުމަކީ އެ މުއްދަތު ހަމަވުން ކަހަލަ ކަމެކެވެ. އެހެންކަމުން މުއްދަތު ހަމަވެފައި ހުންނަ ކާނާ ކެއުމުން ހަށިގަނޑަށް ގެއްލުންވާ ބީދައިން އެ ތަވާ އިތުރަށް ބޭނުންކުރާ ނަމަ އޭގެންވެސް ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާނެ އެވެ.

ތަތްނުލަވާ ތަވާ ގަންނަނަމަ އެންމެ ބޮޑަށް އިސްކަމެއް ދޭންވީ ރަނގަޅު ބްރޭންޑެއްގެ 2015 ވަނަ އަހަރުގެ ފަހުން އުފައްދާފައިވާ ޕްރޮޑަކްޓެއް ގަތުމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ