- Advertisement -ad image

ސިގިރޭޓްގެ ބޯ މީހުން ގާތުގައި ދިރިއުޅޭނަމަ ދަރިމައިވުމުގެ ނިޒާމަށް ހުރަސްއެޅޭ!

ad image

ގުޅުންހުރި ލިޔުންތައް

ސިގިރޭޓަކީ ބައެއް މީހުން ހިތްހަމަޖެހުމަށް ބޮއެއުޅޭ އެއްޗެކެވެ. މިއީ ބޯން ފަށަފައިނަމަ ދެވިހިފާ އެއްޗެކެވެ. އަދި އޭގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން މުޅި އުމުރަށް ނުފިލާ ހުންނަ އެއްޗެކެވެ.

ސިގިރޭޓް ބުއިމުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ފުއްޕާމެއަކަށް ނޫނެވެ. އަގައިގެ ކެންސަރުގެ އިތުރުން ނަފްސާނީ ބަލިތަކާއި އަދި ދަރިމައިވުމުގެ ނިޒާމަށް ވެސް މީގެ އަސަރުކުރެއެވެ.

ދަރިމައިނުވުމަކީ މި މުޖުތަމައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ބިރެވެ. ތަފާަސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އާބާދީގެ ކޮންމެ 5 މީހެއްގެ ތެރެއިން އެކަކަކީ ދަރިމައިވުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ މީހެކެވެ. މިކަން ދިމާވާ ބައިވަރު ސަބަބުތައް ހުރި މީގެތެރެއިން އެއް ސަބަބަކީ ސިގިރޭޓެވެ.

ކުރިންވެސް ބުނިގޮތަށް ސިގިރޭޓަކީ ބައެއް ނަފްސާނީ ބަލިތަކުގެވެސް ފެށުމެވެ. ސިގިރޭޓްގެ ސަބަބުން އިންސާނާގެ ހޯމޯންސްއަށް ގިނަ ބަދަލުތަކެެއް ގެނުވައެެވެ. އަދި ސްޓްރެސްވެ ހާސްވުމުގެ ނަތީޖާއެއްގެ ގޮތުން ދަރިމައިވުމުގެ ނިޒާމަށް މިކަމުގެ އަސަރުކުރުވަ އެވެ.

މިކަން ދިމާވަނީ ހަމައެކަނި ސިގިރޭޓް/ސުއްޓާ/ބިޑި ބޯ މީހުންނަށް އެކަންޏެއް ނޫނެވެ. މި ގަކެތި ބޯ މީހުން ގާތުގައި ދިރިއުޅޭ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށްވެސް މީގެ އަސަރު ކުރެއެވެ. އަދި މީގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށްވެސް ދަރިން ލިބުމުގެ ފުރުސަތު ކުޑަވެއެވެ.

ސިގިރޭޓުން ލިބޭ އަނެއް ގެއްލުމަކީ ފިރިހެން މީހާގެ ދަރިފަނީގައި ހުންނަ ޑީއެންއޭއަށް ނެދެވޭ އަސަރުކުރުމެވެ. އަދި ޑީއެންއޭ ހަލާކުވުމަށްވެސް މަގުފަހިވެއެވެ.

މާބަނޑު ދުވަސްވަރުގެ ދުންފަތުގެ އިސްތިއުމާލުކުރުމާއި އަދި އެ ކުރާ މީހެއް ގާތުގައި ދިރިއުޅުމަކީ އޭގެ ސަބަބުން ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް ނޭދެވޭ އަސަރުކުރުވާ ކަމެކެވެ. މިގޮތުން ދުންފަތުގެ ސަބަބުން ދުވަސްނުފުރާ ވިހެއުން، ބައިގެން ދިއުން، ކުއްޖާއަށް ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިން ވުން އަދި ބައެއް ހާލަތުގައި ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދެއެވެ.

އެމެރިކާއިން ދާދިފަހުން ހެދި ތަފާސް ހިސާބަކުންވަނީ އަހަރެއްގެ މައްޗަށް 400،000 ތުއްތު ކުދިން އުފަންވުމުގެ ކުރިންނާއި ފަހުންވެސް ސިގިގިރޭޓް ދުމުގެ ތެރެއަށް ވައްދާކަމަށް ހޯދިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކުދިން ވިހާއިރު އާދަޔާ ހިލާފަށް ލުއިވުން، ފުއްޕާމޭ ފެއިލްވުން، ތުންފަތް ފެޅިފައި ހުރުން ކުއްލިއަކަށް މަރުވުމުގެ ފުރުސަތު ބޮޑުވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ