- Advertisement -ad image

ދަރިންގެ މެދުގައި ތަފާތުކުރުން، ނަފްސާނީ ގޮތުން ދެވޭ ބޮޑު އަނިޔާއެއް!

ad image

ގުޅުންހުރި ލިޔުންތައް

ދަރިންގެ މެދުގައި ތަފަަތު ކުރުމާއި އަޅާކިޔުން މިއީ ނޭނގި ނަމަވެސް ވަރަށް ގިނަ މައިންބަފައިންނަށް ކުރެވޭ ކަމެކެވެ. ވަރަށް ކުޑަކުޑަ ކަމެކޭ ހީކޮށް ދޫކޮށްލެވޭ މިފަދަ ކަންކަމުގެ ސަބަބުން މާޒީގައި ވެސް ފެންނަން ހުރީ އެދެވޭ ނަތީޖާތަކެއް ނޫނެވެ.

ދަރިންގެ މެދުގައި ތަފާތު ނުކުރާ ކަމަށް ގިނަ މައިންބަފައިން ގަބޫލު ކުރެ އެވެ. އެހެން ނަމަވެސް ބޭއިހުތިޔާރުގައި ނަމަވެސް ކޮންމެވެސް އެއް ކުއްޖަކީ ތިބާގެ ފޭވަރިޓްއަށް ހެދޭ ފަހަރުު އާދެ އެވެ.

މިއީ ދެންތިބި ދަރިންގެ ނަފްސާނީ އަދި ޖިސްމާނީ ކުރިއެރުރަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމެއް ކަމަށް ދިރާސާތަކުންވެސް ދައްކައެވެ. މިކަމުގެ ސަބަބުން އަހަރެއްގެ މައްޗަށް އެތައް ކުދިންނެއް އެންޒައިޓީ އަދި ޑިޕްރެޝަންގެ ޝިކާރައަކަށް ވެއެވެ. ހަމައެހެންމެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމާއި ތިމާއަކީ ބޭކާރު މީހެއްގެ ގޮތުގައި ވެސް އިހްސާސް ކުރެވެން ފަށައެވެ.

މަންމަގެ ނުވަތަ ބައްޕަގެ ‘ރަންދަރި’ މިއީ ޒަމާނުއްސުރެވެސް އަޑުއަހަމުން އަންނަ ވާހަކަ އެކެވެ. މިގޮތަށް މި ވާހަކަ ދެކެވެނީ ވެސް އެކަމުގައި ހަގީގަތެއް އެކުލެވޭތީ އެވެ. ބައެއް ފަހަރު ދަރިންގެ ސިފައަށް ނުވަތަ މިޒާޖު އަދި ހުނަރަށްވެސް ބަލާފައި ކުދިންގެ މެދުގައި ތަފާތު ކުރާތަން ފެނެ އެވެ.

އަބަދުވެސް މޮޅު ކުއްޖާ މިސާލަކަށް ދައްކައި ދެރަ ކުއްޖާގެ ނާގާބިލްކަމުގެ ވާހަކަ މީސްމީހުން ގާތުގައި ދެއްކުމަކީ ނޭނގި ނަމަވެސް ވަރަށް ގިނަ މައިންބަފައިންނަށް ހެދޭ ގޯހެކެވެ. އަދި މީގެ ސަބަބުން އެތައް ކުދިންނެއް ޅައުމުރުގައި ކުށުގެ ތެރެއަށް ދިއުމަށް މަގުފަހިވެއެވެ. ހަމައެހެންމެ ޑިޕްރެޝަން ފަދަ ބޮޑެތި ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ގޮސްފައި އެބަހުއްޓެވެ.

ހަމައެހެންމެ މިފަދަ ތަފާތުކުރުން ތަކުގެ ނަތީޖާއެއްގެ ގޮތުން އާއިލާ ތެރޭގައި މުއާމަލާތް ކުރުން ކުޑަވެ، އެއް ކުއްޖަކު އަނެއްކުއްޖަކާ މައްސަލަ ޖެހި އާއިލާ ރޫޅެން މެދުވެރިވެއެވެ.

ކުޑައިރު ދިމާވާ މިފަދަ ކަންކަމަކީ ބޮޑުވެ ޒަވާޖީ ހަޔާތެއް ފަށާއިރުގައި ވެސް ގިނަ ކުދިންގެ ހިތުން ފިލުވާލަން ދަތި ކަންކަމެވެ. އަދި މީގެ ނަތީޖާއެއްގއ ގޮތުން ބައެއް ފަހަރު މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު އެ މައިންބަފައިން ބެލުމަށްވެސް ބައެއް ދަރިން އުޒުރުވެރިވާތަން ފެނެއެވެ.

މައުލޫމާތު ނެގީ: ޕޭރެންޓިން.އައިކޭ

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ