ރެސިޕީ: އައިމިނަތު ދީމާ ހާމިދު
ކްރިންކްލްސް
7-8 ޕީސީ ފައިލޯ ޝީޓް
200 ގްރާމް ބަޓަރު (މެލްޓްކޮށްފައި)
ކްރީމް މިކްސް
3/4 ޖޯޑު ހަކުރު
1 ޖޯޑު ކިރު
2 ބިސް
2 ސައި ސަމުސާ ވެނީލާ އެކްސްޓްރެކްޓް
ޝުގާ ސިރަޕް
3/4 ޖޯޑު ހަކުރު
1/2 ޖޯޑު ފެން
1 ސައި ސަމުސާ ލުނބޯ ހުތް
1 ސައި ސަމުސާ ރޯސް ވޯޓާ (ބޭނުންވާނަމަ)
8-9 އިންޗީގެ ބޭކިން ސްކޮޔަރ ޓްރޭއެއް ބޭނުންކޮށްގެން ފައިލޯ ޝީޓްތައް ބޮނޑިކޮށްލުމަށްފަހު 10 މިނެޓު ވަންދެން އަވަންގައި ދެ ފުށް ފިހެލާށެވެ. ދެން ޝީޓުތަކުގެ މައްޗަށް މެލްޓެޑް ބަޓަރު އަޅާލުމަށްފަހުު އަނެއްކާވެސް 10 މިނެޓު ވަންދެން އަވަންގައި ދެ ފުށް ފިހެލާށެވެ. ޝީޓްތައް ފިހެވެމުންދާއިރު، ކްރީމް މިކްސްޗަރ ތައްޔާރުކުރުމަށް ޓަކައި ބިސް، ހަކުރު، ކިރު އަދި ވެނީލާ އެކްސްޓްރެކްޓް އެއްކޮށް ވިސްކް ކޮށްލާށެވެ. ފިހެފައި ހުރި ހުރި ޝީޓުތަކުގެ މައްޗަށް މިކްސްޗާ އަޅާލުމަށްފަހު އިތުރު 10 މިނެޓު ވަންދެން އަނެއްކާވެސް ފިހެލާށެވެ. ވަކި ސޯސްޕެން އެއްގައި ހަކުރު، ފެން، ލުނބޯ ހުތް އަދި ރޯޒްވޯޓާ އެއްކޮށްގެން ޝުގާ ސިރަޕް ތައްޔާރުކޮށްލާށެވެ. ޝީޓްތައް ގޯލްޑަން ބްރައުން ކުލައަށް އެރުމުން އަވަނުން ނެގުމަށްފަހު ޝުގާ ސިރަޕް އޭގެ މައްޗަށް އޮއްސާލުމަށްފަހު ސާވް ކުރުމުގެ ކުރިން 1 ގަޑިއިރު ވަންދެން ބަހައްޓާލާށެވެ.