ރެސިޕީ: އައިމިނަތު ދީމާ ހާމިދު
ޗިކެން ގާރލިކް ބްރެޑް
ގާރލިކް ސްޕްރެޑްއަށް ބޭނުންވާނެ ތަކެތި:
1/2 ޖޯޑު ބަޓަރު (ރޫމް ޓެމްޕަރޭޗަރ)
1 1/2 ލޮނުމެދު ބޮނޑި
2 ސައި ސަމުސާ ޕާސްލީ (ތާޒާ ނުވަތަ ހިކި)
ރަހަލާ ވަރަށް ލޮނު
އޮލިވް އޮއިލް
އެލުމިނިއަމް ފޮއިލަށް ލޮނުމެދުތައް އަޅާފައ އޭގެ މައްޗަށް އޮލިވް އޮއިލް، ޕާސްލީ އަދި ލޮނު އެޅުމަށްފަހު ސީލްކޮށްލާށެވެ. އެއަށްފަހު 20 މިނެޓު ވަންދެން ގަދަ ހޫނުގައި އަވަނުން ފިހެލާށެވެ. ފިހެ ނިމުމުން އަވަނުން ނެގުމަށްފަހު ކޮޓަރީގެ ފިނިހޫނުމިނަށް ފިނިކޮށްލާށެވެ. އަދި ފިހުމުގެ ސަބަބުން މަޑުވެފައިހުރި ލޮނުމެދުތައް ބަޓަރުގެ ތެރެއަށް ފިތާލާށެވެ. ދެން ސީޒަނިންގްސްއާއި އެކު ރަނގަޅަށް އެއްކޮށްލުމަށްފަހު ޕާނުގައި ފަތުރާލާށެވެ.
ކުކުޅު މިކްސް
200ގ ބޯންލެސް ޗިކެން (ކިއުބްކޮށް ކޮށާފައި)
1 ފިޔާ (ކުޑަ)
1 ސައި ސަމުސާ ލޮނުމެދު
1 ސައި ސަމުސާ އިނގުރު
1 ސައި ސަމުސާ ޗިލީ ޕައުޑަރ
1 ސައި ސަމުސާ ޗިލީ ޕޭސްޓް
1 މޭޒުމަތީ ސަމުސާ މެޔޯނައިޒް
1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
1 މޭޒުމަތީ ސަމުސާ ހޮޓް ސޯސް (ބޭނުން ވައްތަރެއް)
ރަހަލާ ވަރަށް ލޮނު
މޮޒަރެއްލާ
ކުކުޅުތައް ކިއުބްގޮތަށް ކޮށާށެވެ. ކުކުޅާއެކު ބުނެފައިވާ ހުރިހާ އެއްޗެހި އެއްފަހަރާ ރަނގަޅަށް އެއްކޮށްލުމަށްފަހު 20 މިނެޓު ވަންދެން މިކްސްޗަރ މެރިނޭޓް ކޮށްލާށެވެ. ދެން ތަވައެއް ހޫނުކޮށްލުމަށްފަހު ތެޔޮފޮދެއް އަޅާލާށެވެ. މެރިނޭޓް ކޮށްފައި ހުރި ކުކުޅު މިކްސްޗަރ ހޫނުކޮށްފައި ހުރި ތަވައަށް އެޅުމަށްފަހު ސޯސްގަނޑު ހިނދެންދެން ކުކުޅުތައް ރަނގަޅަށް ކައްކާލާށެވެ. ހިހޫވުމުން ކައްކާފައި ހުރި ކުކުޅު މިކްސްޗަރ ގާރލިކް ބްރެޑްގެ މަތީގައި ފަތުރާލާށެވެ. އޭގެ މައްޗަށް މޮޒަރެލާ އަޅާލުމަށްފަހު 15 މިނެޓު ވަންދެން މެދުމިނުގައި ފިހެލާށެވެ. މިހާރު ޑިޝް މިވަނީ ސާވްކޮށްލަން ރެޑީވެފައެވެ.