ރެސިޕީ: އައިމިނަތު ދީމާ ހާމިދު
ޕެޕެރޯނީ ޕިއްޒާ
ފުށްގަނޑު ތައްޔާރުކުރުމަށް:
1 ޖޯޑު ފުށް
1/2 މޭޒުމަތީ ސަމުސާ ޔީސްޓް
1/2 މޭޒުމަތީ ސަމުސާ ހަކުރު
1 މޭޒުމަތީ ސަމުސާ ހިކި ކިރު
1 މޭޒުމަތީ ސަމުސާ މާޖިރިން
1/2 ނޫނީ 3/4 ޖޯޑު ތާފަނާ ފެން
އެންމެ ފުރަތަމަ ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު، ފެން އަޅައިގެން ފުށްގަނޑު މޮޑެލާށެވެ. ދެން ބޯތައްޓެއްގެ ތެރެއަށް ފުށްގަނޑު ލުމަށްފަހު 15 މިނެޓު ވަންދެން މަތި ޖަހާފައި ބަހައްޓާށެވެ.
ހޯމްމޭޑް ޕިއްޒާ ސޯސް ތައްޔާރުކުރުމަށް:
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1 ފިޔާ (ކުދިކޮށް ކޮށާފައި)
2 ސައި ސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި)
2 ސައި ސަމުސާ އިނގުރު (ކުދިކޮށް ކޮށާފައި)
1 ދަޅު ޕީލްޑް ޓޮމާޓޯ
1/2 ޖޯޑު ޗިލީ ސޯސް
2 ސައި ސަމުސާ އިޓާލިއަން ހާބްސް މިކްސް
1 ސައި ސަމުސާ އޮރެގާނޯ
ރަހަލާ ވަރަށް ލޮނު
ސޯސް ތައްޔާރުކުރާނެ ގޮތް:
ތަވައެއްގައި ތެޔޮފޮދު ހޫނުކޮށްލުމަށްފަހު ފިޔާ އަދި ލޮނުމެދު މީރުކޮށްލާށެވެ. ދެން ޕީލްޑް ޓޮމާޓޯތައް އަތުން ޗަސްކޮށްލުމަށްފަހު ތަވައަށް އަޅާލާށެވެ. އޭގެފަހުގައި ޗިލީ ސޯސް އާއި ބާކީ ހުރި އެހެނިހެން އެއްޗެހި އެއްކޮށްލާށެވެ. ސޯސްގަނޑުގައި އޮލަޖެހެންދެން މީޑިއަމް ހީޓްގައި ކައްކާލާށެވެ.
ޕިއްޒާ ޓޮޕިންއަށް ބޭނުންވާ ތަކެތި:
މޮޒަރެއްލާ
ޕެޕަރޯނީ
ތާޒާ ބެސިލް
ތައްޔާރުކުރާނެ ގޮތް:
ޕިއްޒާ ފުށްގަނޑު ދަމާލުމަށްފަހު ޕިއްޒާ ޓްރޭއެއްގައި ބަހައްޓައިގެން ދެބައިކުޅަ އެއްބަޔަށް ވާވަރަށް ދެ ފަރާތް ފިހެލާށެވެ.. އަވަނުން ފުށްގަނޑު ނެގުމަށްފަހު އޭގެ މަތީގައި ޕިއްޒާ ސޯސް ފަތުރާލާށެވެ. ދެން މޮޒަރެލާ ޗީޒް އެޅުމަށްފަހު ޕެޕެރޯނީ ސްލައިސްތައް މަތީގައި ތަރުތީބުކޮށްލާށެވެ. ޗީޒް މެލްޓް ވަންދެން މީޑިއަމް ހީޓްގައި ފިހެލާށެވެ. އެއަށްފަހު ޕިއްޒާ އަވަނުން ނެގުމަށްފަހު ތާޒާ ބެސިލް ފަތްތަކުން ގާނިޝްކޮށްލާށެވެ.



