ރެސިޕީ: އައިމިނަތު ދީމާ ހާމިދު
ދަނޑި އަލުވި ބޯކިބާ
ބޭނުންވާ ތަކެތި:
2 ޖޯޑު ދަނޑިއަލުވި (ގާނާފައި ހުރި)
2 ޖޯޑު ގަބުޅި (ގާނާފައި ހުރި)
1 1/2 ޖޯޑު ހަކުރު
3 ބިސް
1/2 ޖޯޑު ހުވަނދުމާ ފެން
2 މޭޒުމަތީ ސަމުސާ ފުށް
ތައްޔާރުކުރާނެ ގޮތް:
ހުރިހާ ތަކެއްޗެއް ބޮޑު ބޯތަށްޓަކަށް އަޅާލުމަށްފަހު ރަނގަޅަށް (ވިސްކް) ގިރާލާށެވެ. އެއަށްފަހު ބޭކިން ޓްރޭއަކަށް އޮއްސާލާށެވެ. އަދި މެދު ހޫނުމިނުގައި 30-40 ވަންދެން ފިހެލާށެވެ.