- Advertisement -ad image

ހިރާސްބަދިގެ: ވައިޓް ސޯސް ޕާސްތާ

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ވައިޓް ސޯސް ޕާސްތާ

ބޭނުންވާ ތަކެތި:

1/2 ޖޯޑު ބަޓަރު

5 ލޮނުމެދު

1 1/2 ޖޯޑު ކިރު

1 ޖޯޑު ކުކިން ކްރީމް

3 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް

ސޮސެޖް

ޕެޕެރޯނީ ނުވަތަ ބީފް ބޭކަން

މޮޒަރެއްލާ ޗީޒް

ބޯންލެސް ޗިކަން ބްރެސްޓް

ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބަޓަރުގެ ތެރެއަށް ކޮށާފައި ހުރި ލޮނުމެދުކޮޅު އަޅާލުމަށްފަހު މީރުކޮށްލާށެވެ. ދެން އެއަށްފަހު ކުކުޅުކޮޅު އަޅާލާށެވެ. ކުކުޅުތައް ރަނގަޅަށް ރޯފިލުމުން ކޮށާފައިހުރި ސޮސެޖު އަދި ކިރު، ކުކިން ކްރީމް އަދި ކްރީމް ޗީޒް އެޅުމަށްފަހު ކައްކާލާށެވެ. ދެން ޕާސްތާ އަޅާލުމުގެ ކުރިން ލޮނާއި އަސޭމިރުސް އަޅާ ރަހަ ހެޔޮވަރުކޮށްލާށެވެ. އެންމެ ފަހަށް މޮޒަރެއްލާ އެއްކޮށްލުމަށްފަހު މެލްޓްވަންދެން ކައްކާލުމަށްފަހު އުނދުން ނިއްވާލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ