- Advertisement -ad image

ހިރާސްބަދިގެ: ޓޯޓިލާ ރެޕްސް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޓޯޓީލާ ވްރެޕްސް

200-300ގ މިންސްޑ ބީފް

1 ފިޔާ (ގޮޅިކޮށް ކޮށާފައި)

3 ލޮނުމެދު (ގޮޅިކޮށް ކޮށާފައި)

2 ސައިސަމުސާ ޗިލީ ޕައުޑަރ

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

ރަހަލާވަރަށް ލޮނާއި އަސޭމިރުސް

ޓޮޓިލާ ވްރެޕްސް

ޗީޒް ފޮތި

ކުޅި މަޔޯނައިޒް

ލެޓިއުސް

ޓޮމާޓޯ

ޗިޕްސް (ބޭނުންވައްތަރެއްގެ)

އެންމެ ފުރަތަމަ

ފިޔާކޮޅާއި ލޮނުމެދުކޮޅު މީރުކޮށްލުމަށްފަހު ބީފްކޮޅު އަޅައިގެން ރަނގަޅަށް ކައްކާލާށެވެ. ދެން އޭގައި ހެދިފައި ހުރި ފެންތައް ހިނދުމުން ސީޒަނިން އަޅާލާށެވެ.

ޓޯޓިލާ ވްރެޕްގެ މަތީގައި މަޔޯނައިޒް އުނގުލާލުމަށްފަހު ބީފް ކޮޅު ފަތުރާލާށެވެ. ދެން އޭގެމަތީގައި ޗީޒް، ލެޓިއުޒް ޓޮމާޓޯ އަދި ޗިޕްސްތައް ތަރުތީބުން ފަތުރާލާށެވެ. ދެން ޓޯޓިލާ އޮޅާލުމަށްފަހު ގްރިލްކޮށްލާށެވެ. ބޭނުންނަމަ ތަވައެއްގައި ނޫނީ ޓޯސްޓަރެއްގައި ފިހެލެވިދާނެއެވެ. ތައްޔާރުވުމުން ހޫނުކޮށް ހުއްޓާ ސާވްކުރާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ