ބޭނުންވާ ތަކެތި:
2 މޭޒުމަތީ ސަމުސާ ޗިއާ ސީޑް
1/2 ޖޯޑު ދިޔާ ކިރު
ފޮނިތޮށި ޕައުޑަރ
މާމުއި
ބެރީސް، އަނބު ނުވަތަ ދޮންކެޔޮ
ތައްޔާރުކުރާނެ ގޮތް:
ތައްޓަކަށް 2 މޭޒުމަތީ ސަމުސާ ޗިއާ ސީޑްގެ ތެރެއަށް އިނގިލީގެ ކޮޅުން ކުޑަ ފޮނިތޮށި ޕައުޑަރކޮޅެއް އަޅާލުމަށްފަހު އެއްކޮށްލާށެވެ. ފޮނިތޮށީގެ ސަބަބުން ޕުޑިންގެ ރަހަ ހެޔޮވަރުކޮށްދޭނެއެވެ. އެއަށްފަހު ފޮނި ހެޔޮވަރުކޮށްލަން މާމުއިފޮދެއް އެއްކޮށްލާށެވެ. އެންމެ ފަހަށް 1/2 ޖޯޑު ދިޔާ ކިރު އެއްކޮށްލުމަށްފަހު ގަޑިއިރެއް ނުވަތަ އެއް ރޭ ވަންދެން ފްރިޖްގައި ބަހައްޓާލާށެވެ. ކއުމުގެ ކުރިން ބެރީސް، އަނބު ނުވަތަ ދޮންކެޔޮ ޓޮޕިންގްސްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.
ޗިއާ ސީޑް ޕުޑިންގ އަކީ ރޯދަ ވީއްލާ ވަގުތަށް ވަރަށް ރަނގަޅު ކެއުމެކެވެ. ޗިއާ ސީޑްސްއަކީ ވަރަށް ގިނައިން ފައިބަރ ހިމެނޭ އެއްޗެކެވެ. ޗިއާ ޕުޑިން ތައްޔާރުކުރާއިރު ބޭނުންވާނަމަ އެއިރެއްގައި ލިބެންހުންނަ މޭވާއެއް ބޭނުންކުރެވިދާނެއެވެ.



