ރެސިޕީ: އައިމިނަތު ދީމާ ހާމިދު
އެގް ޓާޓްސް
މިއީ މި ރަމަޟާން މަހު ތައްޔާރުކޮށްލެވޭނެ އަވަސް އަދި ފަސޭހަ ރެސިޕީއެކެވެ. އެގް ޓާޓްސްއަކީ ލުއި، މާ ފޮނި ނޫން، އަދި ފިހެފައިވާ ޕޭސްޓްރީގެ ބާވަތެކެވެ.
ބޭނުންވާ ތަކެތި:
ކްރަސް ތައްޔާރުކުރުމަށް:
ޕަފް ޕޭސްޓްރީ ޑޯ
ބަޓަރު (ފަތުރަން) .
ފިލިންގްސް އަށް:
4 ރޯ ބިހުގެ ގޮބޮޅި
1⁄2 ތަށި ހަކުރު
2 މޭޒުމަތީ ސަމުސާ ކޮރންސްޓާޗް
1 ތަށި އޮލް ޕާޕަސް ކްރީމް
360އެމްއެލް ކިރު
1 ވެނީލާ ބީން ނުވަތަ 2 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް
ތައްޔާރުކުރާނެ ގޮތް:
ކުޑަ ތެއްޔެއް ހޫނުކޮށްލުމަށްފަހު ފިލްލިންގ ހުރިހާ ބާވަތްތަކެއް އެއްކޮށްލާށެވެ. އަދި ހުއްޓާނުލާ ހަލަމުން ގެންދާށެވެ. އޮލަވަންދެން މަޑު ގިނީއެއްގައި ކައްކާށެވެ.
ޕަފް ޕޭސްޓްރީގެ ފުށްގަނޑު ދަމާލުމަށްފަހު، ތުނިކޮށް ބަޓަރު އުނގުޅާލާށެވެ. އެއަށްފަހު ސިނަމާލެ ރޯލްސް ތައްޔާރުކުރާގޮތަށް އޮޅާލާށެވެ.
ކަޕްކޭކް ޓްރޭގެ ސައިޒަށް ބަލައިގެން ފުށްގަނޑު ކަފާލާށެވެ. އަދި ކަފާލި ކޮންމެ ފުށްގަނޑެއް ޓްރޭގެ ތެރެއަށްލުމަށްފަހު ކްރަސްޓެއްގެ ސިފަ އަންނަގޮތަށް ފިތާލާށެވެ.
ތައްޔާރުކޮށްފައިވާ ބިސް ކަސްޓަޑް މިކްސްޗަރ، ޕޭސްޓްރީ ލައިންކޮށްފައިވާ މޯލްޑްތަކުގެ ތެރެއަށް އަޅާށެވެ.
150 ޑިގްރީ ސެލްސިއަސްގައި މައްޗާއި ދަށްފުށަށް ކުޑަކޮށް ރަންކުލައެއް އަރަންދެން ފިހެލާށެވެ.




