ތަލްބީނާ އަކީ ކީރިތި ރަސޫލާ صلى الله عليه وسلم ފަރިއްކުޅުއްވިކަމަށް ސުންނަތުން ސާބިތުވާ، ހަށިގަނޑަށް ހަކަތަ އަދި ހިތަށް ހަމަޖެހުން ލިބޭ ބަރަކާތުން ފުރިގެންވާ ކެއުމެކެވެ. މިއީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ އިސްލާމީ ސަގާފީ ކެއުމެކެވެ.
ބޭނުންވާ ތަކެތި
2 މޭޒުމަތީ ސަމުސާ ބާރުލީ ޕައުޑަރު
1 ތަށި ދިޔާ ކިރު
1 ސައިސަމުސާ މާމުއި (ނުވަތަ ރަހަލާވަރަށް)
ގާނިޝް ކުރުމަށް
ކޮށާފައި ހުރި ކަދުރު
އަލްމަންޑްސް އަދި ޕިސްތާޝިއޯ
ފޮނިތޮށި ޕައުޑަރު
ތައްޔާރުކުރާނެގޮތް
ތަވާއެއްގައި ބާރުލީ ޕައުޑަރު ކުޑަކޮށް މީރުވަސް ދުވާ ވަރަށް (1-2 މިނެޓް) ވަންދެން މަޑު ގިނީގައި ހިކިކޮށް ރޯސްޓް ކޮށްލާށެވެ. (މީގެ ސަބަބުން ރަހަ އިތުރުވެގެންދެއެވެ.)
މަޑުމަޑުން ކިރު އަޅަމުން ގަނޑު ނުވާނެހެން ހަލަމުން ގެންދާށެވެ.
މަޑުގިނީގައި ގާތްގަނޑަކަށް 5-7 މިނެޓް ވަންދެން ކައްކާށެވެ.
އުނދުން ނިއްވާލުމަށްފަހު މާމުއި އެއްކޮށްލާށެވެ.
ފޮނިތޮށި ޕައުޑަރު، ކޮސާފައި ހުރި ކަދުރު، އަލްމަންޑް އަދި ޕިސްތާޝިއޯ ބޭނުންކޮށްގެން ގާނިޝްކޮށްލާށެވެ.
ހޫނުކޮށް ހުއްޓާ ސާރވްކޮށްލާށެވެ.



