އެއާ ފްރަޔާރ ބްރެކްފާސްޓް ޕިއްޒާ
ބިޒީ ޝެޑިއުލެއްގައި އުޅޭ މީހުންނަށް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ. މިއީ މަދު ބާވަތްތަކަކާއެކު އަވަހަށް އަދި ސިއްހަތަށް ފައިދާހުރި ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި
ކްރެސެންޓް ޑޯ
3 ގިރުވާފައިހުރި ބިސް
ކުދިކޮށް ކޮށާ، ތެލުލާފައި ހުރި ސޮސެޖް
1/2 ކުދިކޮށް ކޮށާފައިވާ ޕެޕާރ
1/2 ޖޯޑު ޗެޑާ ޗީޒް
1/2 ޖޯޑު މޮޒަރެލާ ޗީޒް
ތައްޔާރުކުރާނެ ގޮތް
އެއަރފްރަޔަރ އަށް ފިޓްވާ ބޭކިން ޓްރޭއެއްގެ ތެރޭގައި ޕިއްޒާ ފުއްގަނޑު ފަތުރާލާށެވެ. އަދި ފުއްގަނޑު މައްޗަށް ގިރުވާފައިހުރި ބިސް އަޅާލުމަށްފަހު އެއަރ ފްރަޔަރގައި 185 ޑިގްރީގައި 5-7 ވަރަކަށް މިނެޓް ވަންދެން ފިހެލާށެވެ. ދެން ޕިއްޒާގެ މައްޗަށް ސޮސެޖް، ޕެޕާރ އަދި ޗީޒްގެ އިތުރުންވެސް ބޭނުންވާ ޓޮޕިންގްސް އެޅުމަށްފަހު 2-3 މިނެޓް ނުވަތަ މައްޗަށް ގޮލްޑެން ބްރައުން ކުލައެއް އަރަންދެން ފިހެލާށެވެ.



