ސާގު ސަރުބަތު ނުވަތަ ސާގު ފަންޏަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ބޭނުންކޮށް އުޅޭ ބުއިމެކެވެ. މި ބުއިން އާންމުކޮށް ތައްޔާރުކޮށް އުޅެނީ ރަމަޟާން މަހުގައެވެ.
ބޭނުންވާ ތަކެތި
1 ޖޯޑު ސާގު
6 ޖޯޑު ފެން
1 ދަޅު ގެރި ކިރު
1 ސައި ސަމުސާ ވެނީލާ އެސެންސް
ރާނބާފަތްކޮޅެއް
ތައްޔާރުކުރާނެ ގޮތް
ތަށްޓަކަށް ސާގު އެޅުމަށްފަހު ފެން އަޅައި މަޑުމަޑުން ދޮވެލާށެވެ. ދެން ފުރޭންޏަކަށް އަޅައި ސާގު ކޮޅު ފުރާނާލާފައި ފުރޭނީގައި ސާގު ކޮޅު ބަހައްޓާށެވެ. އެއަށްފަހު ތެއްޔަކަށް ބާކީ ހުރި ފެނާއި ރާނބާފަތްކޮޅު އަޅާފައި ކައްކާށެވެ. ފެން އެތި ކެކެން ފެށުމުން ސާގު ކޮޅު އޮއްސާލާށެވެ. އުނދުން މެދުގިނީގައި ބަހައްޓައިގެން ހަލަމުން ސާގުކޮޅު ކައްކަމުން ގެންދާށެވެ. ސާގުކޮޅު ކެކުމުން ހުންނާނީ އެތެރެ ފެންނަ ގޮތަށެވެ.
ސާގު ކޮޅު ކެކުމުން ގެރި ކިރު ދަޅު އަޅާލާފައި އެއްކޮށްލާށެވެ. ދެން ސާގުތެލި ބޮކިޖަހާ ކެކި ގަނެ އޮލަ ވަންދެން ކައްކާށެވެ. ކައްކާއިރު އިރު އިރު ކޮޅާ، ގިނަގިނައިން ހަލުވަންވާނެއެވެ.
އެންމެފަހަށް ސާގު ސަރުބަތު އޮލަ ވުމުން ވެނީލާ އެސެންސް ފޮދު އަޅާށެވެ. ބޭނުންނަމަ ކާކުލަ ކޮޅެއްވެސް އަޅާލެވިދާނެއެވެ. އެއަށްފަހު ސާވް ކުރާށެވެ.



