ބޭނުންވާ ތަކެތި:
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1/2 މެދު ސައިޒުގެ ފިޔާ (ކުދިކޮށް ކޮށާފައި)
1 ލޮނުމެދު (ކުދިކޮށް ކޮށާފައި) ނުވަތަ 1 މޭޒުމަތީ ސަމުސާ ލޮނުމެދު ޕޭސްޓް
1 ރަތް ނުވަތަ ފެހި ބެލް ޕެޕަރ (ކުދިކޮށް ކޮށާފައި)
1 ދަޅު ޕީލް ޓޮމާޓޯ
1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
2 ސަމުސާ ޗިލީ ޕައުޑަރ
ރަހަލާ ވަރަށް ލޮނު
4 ރޯ ބިސް
ގާނިޝް ކުރުމަށް ކުދިކޮށް ކޮށާފައިވާ ޕާސްލީ (އޮޕްޝަނަލް)
ތައްޔާރުކުރާނެގޮތް:
ފުރަތަމަ މެދު ގިނީގައި ތަވާ ހޫނުކޮށްލާށެވެ. ދެން އޮލިވް އޮއިލް އަޅާށެވެ. އަދި ކުދިކޮށް ކޮށާފައިވާ ފިޔާ އެޅުމަށްފަހު މިނިޓެއްހާއިރު މީރުކޮށްލާށެވެ. ލޮނުމެދު އެޅުމަށްފަހު ވަސްދުވާ ވަރަށް މީރުކޮށްލާށެވެ. ދެން ބެލްޕެޕަރ އެޅުމަށްފަހު 5 މިނިޓު ވަންދެން ކައްކާލާށެވެ. ދެން، ޓޮމާޓޯ އާއި ޗިލީ ޕައުޑަރ އެޅުމަށްފަހު 7 މިނިޓު ވަންދެން ކައްކާށެވެ. އެންމެފަހަށް ޓޮމާޓޯ މިކްސްޗަރގެ މައްޗަށް ކޮންމެ ބިހެއް ވަކިވަކިން ބިސްގަނޑު އަޅާގޮތަށް އަޅާށެވެ. ބިސް ރޯ ފިލަންދެން ތަވާގައި މަތިޖަހައިގެން ކައްކާށެވެ. ޕާސްލީން ގާނިޝް ކޮށް ރޮށި އާއެކު ސަރވް ކުރާށެވެ.