ދަނޑި އަލުވި މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ހައްދަމުން ގެންދާ ދުނިޔޭގެ 800 މިލިޔަން މީހުންގެ މައިގަނޑު ކާނާގެ ގޮތުގައި ހިމެނިފައިވާ ބާވަތެކެވެ. އަދި ރާއްޖޭގައި ޒަމާނުންސުރެ ހައްދާ، އަދި ކެއިންބުއިމުގައިވެސް ޑިމާންޑް ބޮޑު ބާވަތެކެވެ.
ބޭނުންވާ ތަކެތި
50 ގ. ދަނޑި އަލުވި (ފެނުކައްކާ ގާނާފައި ހުރި)
60 ގ. އާޓާފުށް.
1 ގ. ރޯމިރުސް (ތުނިކޮށް ކޮށާފައި)
10 ގ. ފިޔާ(ގާނާފައިހުރި)
10 އެމްއެލް ލުނބޯ ހުތް
3 ގ. ހިކަނދިފަތް( ތުނިކޮށް ކޮށާފައި)
1/2 ގ. ލޮނު
ތައްޔާރުކުރާނެ ގޮތް
ފުށާއި އެއްކޮށް ހުރިހާ ބާވަތް މޮޑެފައި ކުޑަ ފެން ފޮދެއްވެސް އެއްކޮށްފައި ފުށްގަނޑު ދަމާލެވޭވަރަށް މޮޑެލާށެވެ. ދެން ކުދިކޮށް ގުޅަގުޅަ ކަނޑާފައި ރޮށި ދަމާ ގޮތަށް ދަމާފައި ރޮށި ފިހެލާށެވެ.