ބޭރުން އެތެރެކުރާ ކާނާ، ބާވަތްތަކަށް ބަރޯސާވުން ކުޑަކޮށް، ކާނާ ގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ރާއްޖޭގެ ދަނޑުތަކުގައި ފަސޭހައިން ހެއްދޭ ތަފާތު ބާވަތްތަކުގެ ތަރުކާރީ އާއި މޭވާ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރު ކުރުމުން ރަހަމީރު، ފައިދާހުރި، ޚަރަދު ކުޑަ ކެއުމެއް ތައްޔާރުކުރެވޭނެއެވެ.
އެގޮތުން މިއަދު މިކިޔައިދެނީ މުރަނގަފަތު ސޭންޑްވިޗް ހަދާނެ ގޮތަށެވެ.
2ބިހުގެ ހުދު ބައި (ގިރާފަ)
24ގ. ނޮޅާފައިހުރި މުރަނގަފަތް
40ގ. ފިޔާ (ތުނިކޮށް ކޮށާފައި)
10 އެމްއެލް ލުނބޯ ހުތް
4ގ. ގްރީން ޗިލީ (ތުނިކޮށް ކޮށާފައި)
3ގ. ހިކަނދިފަތް(ތުނިކޮށް ކޮށާފައި)
2 ފޮތި އާޓާ ޕާން
ތައްޔާރުކުރާނެ ގޮތް:
ފިޔާ، ލޮނު، މިރުސް, ހުތް އެއްކޮށް މޮޑެލުމަށްފަހު ބިސް އެއްކޮށްފައި ފަތްވެސް އެއްކުރާށެވެ. ދެން ތަވާ އުދުންމައްޗަށް އުދާލާފައި ކުޑަ އޮލިވް އޮއިލް ފޮދެއް ހާކާފައި ބިސްގަނޑު އަޅާށެވެ. 1 ފޮތި ޕާން މަތީގައި ބިސްގަނޑު ބާއްވާފައި އަނެއް ފޮތި ޕާން ތަތްކޮށްލާށެވެ.



