ބޭނުންވާތަކެތި
1 ސައިސަމްސާ ބަޓަރ(ލޮނުނުލާ)
1 ކުކުޅު ބިސް
4 މޭޒުމަތީ ސަމުސާ ކިރު
2 ޕާން ފޮތި
ދެ އިނގިލި ކުރިން ހިފޭވަރުގެ ފޮނިތޮށިކޮޅެއް (ހިމުންކޮށް މުގުރާފަ)
1 މޭޒުމަތީ ސަމުސާ ކަދުރު ޕިއުރީ(ހިމުންކޮށް ޗަސްކޮށްފައިހުރި ކަދުރު)
1 މޭޒުމަތީ ސަމުސާ އާފަލް ޕިއުރީ( ހިމުންކޮށް ޗަސްކޮށްފައި ހުރި ކަދުރު)
ތައްޔާރުކުރާނެގޮތް
ބިސް، ފޮނިތޮށި، އާފަލް ޕިއުރީ، ކަދުރު ޕިއުރީ އަދި ކިރު އެޅުމަށްފަހު ރަގަޅަށް ގިރާލާ.
ޕާންފޮތީގެ ކައިރި ނެގުމަށްފަހު ދެ ފަޅިކޮށްލާ.
ގިރާފައިހުރި ބިހުގެ ތެރެއަށް ޕާން ފޮތިތައް ލާފައި ކުޑަކޮށް ފޯކޮށްލާ.
ތަވަޔެއްގައި ބަޓަރކޮޅު އުނގުޅާލުމަށްފަހު ހޫނުވުމުން، މަޑު މުށިކުލައެއް އަރަންދެން ޕާން ފޮތީގެ ދެފުށް ރަނގަޅަށް ފިހެލާ.



