ލިޔުނީ: މަރްޔަމް އަދީލާ
ބޭނުންވާ ތަކެތި:
1 ބިސް (ފެނު ކައްކާފައި)
½ އެވަކާޑޯ
ހޯލް ވީޓް ޕާން
އަސޭމިރުސް ލޮނު (ޕިންޗް)
ތައްޔާރުކުރާނެ ގޮތް:
އެވަކާޑޯ ޗިސްކުރުމަށްފަހު ޕާން ފޮތީގައި އުނގުޅާލާށެވެ. ދެން ފެނުކެއްކި ބިސް ފަޅާލުމަށްފަހު ޕާންފޮތީގެ މަތީގައި ބާއްވާށެވެ. އޭގެ މައްޗަށް ލޮނާއި އަސޭމިރުސްކޮޅު ބުރުވާލާށެވެ.
ފައިދާ:
ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވުން
ހަށިގަނޑަށް ފައިދާހުރި ފެޓްސް ލިބިދޭ



