ލިޔުނީ: މަރްޔަމް އަދީލާ
ބޭނުންވާ ތަކެތި:
1 ދޮންކެޔޮ ވަށް
2 ސައި ސަމުސާ އޯޓްސް
1 ތަށި ކިރު (ލޯ ފެޓް ނުވަތަ އަލްމަންޑް މިލްކް)
ބޭނުންވާ ވައްތަރެއްގެ ނަޓްސް (އޮޕްޝަނަލް)
ތައްޔާރުކުރާނެ ގޮތް:
ހުރިހާ އެއްޗެއް ރަނގަޅަށް އޮލަވަންދެން މިކްސަރުން ގިރާލާށެވެ. ބޭނުންނަމަ ފިނިކޮށްގެން ވެސް މި ބުއިން ބޭނުން ކުރެވިދާނެއެވެ.
ފައިދާ:
ފައިބަރ ގިނަ
ގިނަ ވަގުތަށް ހަކަތަ ހިފަހައްޓައިދޭ
ހާރުކެއުމަށް ވަރަށް ރަނގަޅު



