- Advertisement -ad image

ކައުންސިލްގެ ބިންތަކަށް ސްޓެލްކޯއިން 68 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީކައުންސިލްގެ ބިންތަކަށް ކުލީގެ ގޮތުގައި ސްޓެލްކޯއިން ފަސްދޮޅަސް އަށްމިލިއަން ތިންސަތޭކަ ސާޅީސް އެއްހާސް ހަތްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ދައްކަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާަޅުވެއްޖެއެވެ.
މާލެ ސިޓީގެ މީޑިއަރ ގުރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި މޭޔަރު ވިދާޅުވީ، 2021 މެއިމަހުން ފެށިގެން 2022 ޑިސެމްބަރު 31 ގެ ނިޔަލަށް ކަރަންޓް ބިލްތަކަށްވާ ދިހަ މިލިއަން ހަސަތޭކަ ފަސްދޮޅަސް ހަހާސް ހަސަތޭކަ ހަތަރު ރުފިޔާ ސްޓެލްކޯއަށް ދައްކާފައި ވާނެ ކަމަށެވެ.
ނަމަވެސް އަދިވެސް ނުދެއްކި ސޯޅަމިލިއަން ފައްސަތޭކަ ނަވާރަހާސް ހައްސަތޭކަ ނުވަދިހަ ހަ ރުފިޔާ އެބައޮތް ކަމަށެވެ.
މޭޔަރު ވިދާަޅުވީ، ސްޓެލްކޯއިން ވެސް ކައުންސިލްގެ 49 ބިމަކަށް ދައްކަންޖެހޭ ކުލި ނުދައްކާ އެބައޮތް ކަމަށެވެ.

އަދި މީގެ އިތުރުންވެސް ކައުންސިލުން ތަކުރާރުކޮށް ދަންނަވައިގެންވެސް ހުޅުވާނުލާ ބަންދުކޮށްގެން ގެންގުޅޭ 3 މަގު އަދިވެސް އޮތީ އެގޮތަށް ކަމަށާއި ހުޅުމާލެއިން ބޮޑު ބިމެއްދީ ދެކޮޅު ބުރިޖު ހުރަސްކޮށް ގުޅުވާފައިވާއިރުވެސް އެކަން ހައްލު ކޮށްދޭން ސްޓެލްކޯއިން މަސައްކަތް ނުކުރާ ކަމަށް މޭޔަރު ވިދާަޅުވިއެވެ.

އަދި ބޮޑުތަކުރުފާނު މަގާއި އަމީނީ މަގާއި ދޭތެރޭ ޓްރެފިކް ފްލޯއަށްވެސް މުހިންމު 3 މަގު ކަމުން އެ މަގުތައް ހުޅުވާލަން ކައުންސިލުން ފާސްކޮށް ތަކުރާރުކޮށް ދަންނަވާ ނުވަތަ ވަކި ޓޭބަލްއެއް ދެފަރާތުން މަޝްވަރާކޮށް ކަނޑައަޅަންވެސް އެކަމަށްވެސް ސްޓެލްކޯއިން އިޖާބަދީފައި ނުވާ ކަމަށް މޭޔަރު ވިދާަޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ