- Advertisement -ad image

އިންތިހާބުތައް ނިމުމާއެކު، ހަރަދުތައް ކުޑަކުރަން އޮފީސްތަކަށް ފިނޭންސުން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް


ހުއްދަ ނެތި އައު މަގާމުތައް ނުއުފެއްދުމަށާއި، މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ސޮއިކުރައްވާ ނެރުއްވާފައިވާ، މާލިއްޔަތާއި ގުޅޭ ސާކިއުލާގައި، މިއަހަރުގެ ބަޖެޓު ތަންފީޒުކުރަން ޚަރަދުތައް މިހާރަށްވުރެ ރަނގަޅަށް ހަމަޖެއްސުމަށް ސަރުކާރުގެ ހުރިހާ އޮފީސްތަކުން މަސައްކަތް ކުރުމަށް ވަނީ އެދިފައެވެ.

އެގޮތުން ޚަރަދުތައް ކުޑަކުރުމަށް ނެޝަނަލް ޕޭ ކޮމިޝަނުން ދިރާސާކުރުމަށްފަހު، މިނިސްޓްރީގެ ހުއްދަ ލިބިގެންމެނުވީ މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، ބަޖެޓްގައި ހިމެނިފައި ވީނަމަވެސް، މިހާރު ދޭން ފަށާފައިނުވާ އައު އެއްވެސް އެލަވަންސެއް، ދޭން ނުފަށަން ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.

އަދި މިނިސްޓްރީގެ ހުއްދަ ނުހޯދާ މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަށް، ރޭންކަށް އަދި މުސާރައާއި އިނާޔަތްތަކަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ކުރިއަށް ނުގެންދިއުމަށް އަންގާފައިވާއިރު، ރަސްމީގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމޭނެގޮތަކަށް މަސައްކަތްތައް ރޭވުމަށާއި، ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށްވެސް ސާކިއުލާގައިވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ