- Advertisement -ad image

ރައީސް ސާލިހަށް މުހިއްމީ ގައުމެއް ނޫން، ސިޔާސީ ކުޅިގަނޑު: ޑރ ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް މުހިންމީ ގައުމު ނޫން ކަމަށާއި ސިޔާސީ ކުޅިގަނޑު ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވިއެވެ.

މުޅިގައުމު އެދި ގޮވަނީ ރައީސް ޔާމީނުގެ ހަރުދަނާ ޒަޢާމަތަށް ކަމަށާއި މިހާރު މިތިބީ ދިވެހި ގައުމުގެ އަސާސްތައް ފުނޑާލަން ސަރުކާރަށް ޖާގަދޭ ގޮތަކަށް ނޫން ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ޑރ ޖަމީލް ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަމުން މިގައުމަށް ލިބިފައިވަނީ ބޮޑު ހިތާމައެއް ކަމަށެވެ.
އިންތިޚާބުތަކަށް ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ވިއްސާރަކޮޅިގަނޑަކުން ވާރޭ އޮއްސާލާ ގޮތަށް ވަޒީފާތައް އޮއްސާލީމަ އެއީ ހެޔޮވެރިކަން ކަމަށް ބެލެން ނެތް ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްހެން ބަނގްރޫޓް ވެފައިވާ ކަމަށާއި އެއޮތް ވަރުގަދަ ސްޓެލްކޯވެސް ހުލިވެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ