- Advertisement -ad image

ގޭގެއަށް ކަރަންޓް ކޭބަލް ވެއްދުމާއި ފެންގުޅުމަށް މަގުކޮންނާކަށް އަގެއް ނުނަގާނެ: މޭޔަރު މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް

ޢާއްމު ރައްޔިތުންގެ ގޭގެޔަށް ކަރަންޓު ކޭބަލް ވެއްދުމާއި، ފެން ގުޅުމާއި، އެކިކަންކަމުގައި ކޭބަލް ވެއްދުމަށް މަގުކޮނުމަކަށް ސިޓީ ކައުންސިލަކުން އަގެއް ނުނަގާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ މާލޭސިޓީ ކައުންސިލުން ކުރިން ދެމުންއައި ބައެއް ޚިދުމަތް ދިނުމަށް ގެންގުޅުނު އުސޫލު ބަދަލުކޮށް އަގުބޮޑު ކޮށްފައިވާތީ މާލޭސިޓީ ކައުންސިލް ގޮވައިގެން ކޯޓަށްދާނޭ ކަމަށް ސްޓެލްކޯއިން މިއަދު ހާމަކުރުމާއި ގުޅިގެންނެވެ.
މޭޔަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަގުމަތީގައި ކުރާ މަސައްކަތްތަކުން އަގު ނެގުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ކުންފުނިތަކުގެ ޢިމާރާތްތަކާއި ގުޅޭ މަސައްކަތް ތަކުން އެކަނި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ