- Advertisement -ad image

ފަތުރުވެރިޔާ ނިޔާވި މައްސަލާގައި ހައްޔަރު ކުރި ލޯންޗް ޑުރައިވަރުގެ ގޭ ބަންދަށް 10 ދުވަސް!

ad image

ގުޅުންހުރި ލިޔުންތައް

މިދިޔަ އާދިއްތަ ދުވަހު ކ.ތުލުސްދޫ ކަނޑު އޮޅިއަށް ސްނޯކްލިންގއަށް ގޮސް އުޅެނިކޮށް ލޯންޗް ބުރަފަތި ޖެހި ފަތުރުވެރިއަކު ނިޔާވި މައްސަލާގައި ހައްޔަރު ކުރި ލޯންޗް ޑުރައިވަރުގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އެ ލޯންޗް ދުއްވަން އިން 45 އަހަރުގެ މީހާ ޖެނުއަރީ 31 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ މުއްދަތަށް ގޭ ބަންދު ކުރުމަށް ކޯޓުން ޖެނުއަރީ 31 ވަނަ ދުވަހު ވަނީ އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ލޯންޗް ދުއްވަން އިން މީހާގެ އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތް ކަމަށެވެ.

ކ.ތުލުސްދޫ ކައިރިއަށް މޫދަށް އެރިއުޅެނިކޮށް ޑިންގީއަކުން ޖެހި މަރުވެފައިވަނީ 52 އަހަރުގެ ޕޮލެންޑު ފިރިހެނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ