- Advertisement -ad image

ގިނަ އަދަދެއްގެ މެންބަރުންނާއެކު އިދިކޮޅުގެ ‘ހޯޕް ކޮންފަރެންސް’ ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅުން ކުރިއަށް ގެންދާ ‘ހޯޕް ކޮންފަރެންސް’ މިއަދު ފަށައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދު ފެށި ކޮންފަރެންސްގައި 1157 މަންދޫބުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
ކޮންފަރެންސް ފެށުމުގެ ގޮތުގެ ދާއިރާގެ ރައީސުންނާއި ނައިބުރައީސުން ޤަރާރެއް ވިދާޅުވެ އެ ޤަރާރުގައި ސޮއިކުރައްވާފައިވެއެވެ.

ކޮންފަރެންސް އިފުތިތާހުކޮށްދެއްވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ ފަރާތްޕުޅުން އިދިކޮޅު ކޯލިޝަނުގެ މެންބަރުންނަށް ޚާއްޞަ މެސެޖެއް ދެއްވާފައެވެ.
ހުރިހާ ރައްޔިތުންވެސް ތެދުވެރިކަމާއެކު ކެތްތެރިކަން އިސްކޮށްގެން ޤައުމަށްޓަކައި މަސައްކަތްކުރުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 4 ގެ ނިޔަލަށް ދަރުބާރުގޭގައެވެ.


އެ ކޯލިޝަނުން ބުނީ ހުކުރު ދުވަހު ހަވީރު 15:45ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ “ބުންވަރު ހިނގާލުން” ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހު ކުރިއަށްދާނީ ކޮންފަރެންސްގެ ސެޝަންތައް ކަމަށާއި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 20:30 ގައި އާޓިފިޝަލް ބީޗްގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ