- Advertisement -ad image

ބަޔަކަށް ސަލާން ޖަހައިގެން ރޮއެ ހޭރިގެން ކަންކަން ކުރުމަކީ ރައީސް ޔާމީންގެ ސިޔާސަތެއް ނޫން: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ބަޔަކަށް އަޅުދާސްތުވެގެން ބަޔަކަށް ސަލާން ޖަހައިގެން ބަޔަކު ކައިރީގައި ރޮއެ ހޭރިގެން ކަންކަން ކުރަން ހުރުމަކީ ރައީސް ޔާމީންގެ ސިޔާސަތު ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އިދިކޮޅުން މިއަދު ފެށި “ހޯޕް ކޮންފަރެންސް” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ އަބަދުވެސް ރައީސް ޔާމީނަކީ އެމަނިކުފާނު ކުރަން ބޭނުންފުޅުވާ ކަމެއް އެ ކުރެވެން އޮތް ގޮތަކަށް ދިވެހިރާއްޖޭގެ ގާނޫނުތަކާއި މާތް ވެގެންވާ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ކުރައްވަން ބޭނުންފުޅުވާ އަދި ކުރެއްވި ބޭފުޅެއް ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ މީގެ ކުރިންވެސް މިމަގުން މަސައްކަތް ކުރައްވާ ފަސް އަހަރު ތެރޭ ނަތީޖާވެސް ނެރެދެއްވާފައިވާ ގާބިލް ބޭފުޅެއް ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ މި ސަރުކާރުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ޖަލަށްލީ އިދިކޮޅު އިއްތިހާދުގެ ލީޑަރު އަބްދުﷲ ޔާމީން ނޫންކަމަށާއި ޖަލަށް ލައިގެން އުޅެނީ ދިވެހި ރާއްޖޭގެ މިނިވަންކަންކަމަށެވެ.
އަދި ޖަލަށް ލައިގެން މި އުޅެނީ ދިވެހި ޒުވާނުން މާދަމައަށް ކުރަމުން ގެންދާ އުންމީދު ކަމަށާއި ޖަލަށް ލައިގެން މި އުޅެނީ ދިވެހުން ދިވެހި ގައުމާ ދޭތެރޭ ކުރަމުން ގެންދާ އުންމީދު ކަމަށް އަދުރޭ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ