- Advertisement -ad image

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް ދޭ އުގޫބާތް ހަރުކަށިކުރުމަކީ ބޭނުންކަމެއް: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތި ބޭނުންކުރާ މީހުން ގެންދަނީ އެބައިމީހުންގެ ހަށިގަނޑު އަމިއްލައަތުން ހަލާކުކުރަމުން ކަމަށާއި އިސްލާމްދީނުގައި އެހެން މީހުންނަށް ގެއްލުން ދިނުމާއި ގެއްލުން ލިބިގަތުންވެސް ވަނީ ހަރާމް ކުރައްވާފައި ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގެ މައުޟޫއަކީ “ މަސްތުވާތަކެތީގެ ނުރައްކާ “ މިއެވެ.
މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ބޮޑު ނުރައްކަލެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ މަސްތުވާތަކެތި ބޭނުން ކުރާ އެތައް ބަޔަކު އޯވަޑޯޒުވެ މަރުވުމުގެ ސަބަބުން ކުށެއް ނެތް އެތައް ކުދިންނެއް ވަނީ ޔަތީމުވެފައި ކަމަށެވެ.
“ އެތައް އަންހެނުންނެއް ވަނީ ހުވަފަތްވެފައެވެ. އެތައް އާއިލާތަކެއް ދިރިއުޅުންރޫޅި އެތައް ކުދިންނެއް ވަނީ ނިކަމެތިވެފައެވެ “ ހުތުބާ

މަސްތުވާތަކެތީގެ ނުރައްކާ ބޮޑުކަމުން މިއާ ދެކޮޅަށް ދުނިޔޭގައި ހަނގުރާމަ ކުރަނީ މުސްލިމު ގައުމުތަކުން އެކަންޏެއް ނޫނެވެ. ވަރަށް ގިނަ ޣައިރު މުސްލިމު ގައުމުތަކުގައިވެސް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބުދެއެވެ.
މިރާއްޖޭގައިވެސް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާމީހުންނަށް މިހާރު އޮންނަ އުގޫބާތަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައެޅުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ