- Advertisement -ad image

މަތިވެރިން ގެއްލުނު ހަސަންފުޅު އަދިވެސް ނުފެނޭ: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް


ގެއްލިގެން ހޯދަމުންދާ އއ. މަތިވެރި / ރިވެލި ، ޙަސަން ޢަލީ (73އ) އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ވީނުވީއެއް ނޭނގި ހަސަންފުޅު ގެއްލިފައިވާ ކަމަށް ފެބުރުވަރީ 1 ވަނަ ދުވަހުގެ 09:37 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތްދަނީ އަދިވެސް ކުރަމުން ކަމަށް ފުލުހުން ހާމަކުރެއެވެ. ނަމަވެސް އަދި މިހާތަނަށް ކުުރިމަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ހަސަން އަލީ ހޯދުމަށް ރަށުގެ ފަޅުތެރެ ޑައިވްކޮށްގެން ބަލަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އަދި މަތިވެރީގެ ހުރިހާ ސަރަހައްދަކާއި ގޭބިސީތަކުގެ އިތުރުން ފަޅު ތަންތަންވެސް ބަލާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ޙަސަން ޢަލީ އެންމެ ފަހުން ފެނިފައިވަނީ ޖަނަވަރީ 31 ވަނަ ދުވަހުގެ 10:30 ހާއިރުކަމަށް އާއިލާއިން މައުލޫމާތުދީފައިވެއެވެ. ޙަސަން ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރ 3322111 އަށް ނުވަތަ މަތިވެރި ޕޮލިސް ސްޓޭޝަން ނަންބަރ 9994875 ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ