- Advertisement -ad image

މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ގަސްދުކުރާ 23 ބިލުގެ ލިސްޓް މަޖިލީހަށް ފޮނުވައިފި

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށް ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވައިފިއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ކޮންމެ އަހަރެއްގެވެސް އަދި މަޖިލީހުގެ ކޮންމެ ދައުރެއްވެސް ފެށުމުގެ ކުރިން އެ އޮފީހުން މަޖިލީހަށް ހުށަހެޅުމަށް ގަސްތުކުރައްވާ ބިލްތަކުގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައެވެ.
މިއަހަރަށް މަޖިލިސް ހުޅުވުމާއި، ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ބަލާއިރު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތަކުގެ ލިސްޓުގައި ހިމެނެނީ މުޅިން އަލަށް ހުށަހަޅާ 5 ބިލަކާއި، ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ 18 ބިލެކެވެ.
މުޅިން އަލަށް ހުށަހަޅާ ބިލްތައް:
ހައްޖާ އުމުރާގެ ބިލު
އިސްރަށްވެހިންގެ ބިލު
ފޮރިން އިސްވެސްޓަރުންގެ ބިލު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ބިލު
އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނެގުމުގެ ބިލު
އިސްލާހު ގެނައުމަށް ހުށަހަޅާ ބިލްތައް:
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު
ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ގޭންގު ކުށްތައް މަނާކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ފިވެހި ފުލުހުންގެ ގާނޫނަށް އިސްލާހު ކުރުމުގެ ބިލު
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރަށްވެސް ގިނަ މުހިންމު ބިލްތަކެއްގެ ހުށަހެޅި ބައެއް ބިލްތަކުގެ މަސައްކަތްތައް އަދިވެސް ކޮމެޓީ މަރުހަލާގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ