- Advertisement -ad image

ރިޔާސީ ބަޔާން: އިދިކޮޅުގެ އިހުތިޖާޖާއެކު ޖަލްސާ ހުއްޓުމަކަށް

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުންގެ އިހުތިޖާޖުގެ ސަބަބުން ރިޔާސީ ބަޔާން އިއްވާ ޖަލްސާ ކުރިއަށް ނުގެންދެވިގެން މެފުކަނޑާލައިފިއެވެ.
އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ބަޔާން އިއްވަވަން ތެދުވެވަޑައިގަތުމާއެކު އިދިކޮޅުގެ މަޖިލިސް މެންބަރުން އިހުތިޖާޖުކުރައްވަން ފެއްޓެވިއެވެ.
ވަކިވަކިން މެންބަރުންގެ ނަންތައް ރައީސް ނަޝީދު އިއްވަވައި އެ މެންބަރުން މަޖިލީހުން ނިކުމެވަޑައިގަތުމަށް އެންގެވިއެވެ.
އަދި ސާޖެންޓް އޮފް އާމްސަށް އެ މެންބަރުން ނެރެން އެންގެވިއެވެ.
މަޖިލިސް ހުއްޓުވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު، ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އަދި ފަރެސްމާތޮޑާ މެންބަރު ހުސެއިން މުހައްމަދުގެ ނަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއްވަވާފައެވެ.
މެދުކަނޑާލި ޖަލްސާ ފެށޭނެ އިރެއް އަދި ހާމަކޮށްފައެއްނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ