- Advertisement -ad image

ރައީސް ޔާމީންގެ ވެރިކަމުގައި ހިއްކި ހުޅުމާލެ ފޭސް ދެއަކުން އިތުރު ގޯތިދޭން ރައީސް ސާލިހު ނިންމަވައިފި

ad image

ގުޅުންހުރި ލިޔުންތައް

ރިޔާސީ އިންތިހާބާއި ދިމާކޮށް މާލެ ސަރަހައްދުން އިތުރު ގޯތި ވަރަށް އަވަހަށް ދޫކުރާނެ ކަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހާމަކުރައްވައިފިއެވެ.
މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ސާލިހު މިކަން ހާމަކުރެއްވިއިރު ރިޔާސީ އިންތިހާބަށް އޮތީ އެންމެ 7 މަހެވެ.
ރައީސް ސާލިހު ވިދާޅުވީ، މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވައިލުމުން، ފްލެޓަށް އެދި ޖުމްލަ 20697 އެޕްލިކޭޝަން ހުށަހެޅި ކަމަށާއި ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ.
އަދި މި އެޕްލިކޭޝަންތައް މިހާރު މިދަނީ ޕްރޮސެސް ކުރަމުން ކަމަށާއި މި އަހަރުގެ ޖޫން ނިމުމުގެ ކުރިން، ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް، އެކަމުގެ ލިޔުން ހަވާލުކުރާނެ ކަމަށް ރައީސް ސާލިހު ވިދާަޅުވިއެވެ. “ މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ، ކުރިން ދޭނެ ކަމަށް ދެންނެވި އަދަދަށްވުރެ، ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ “ ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަނެއް ކޮމްޕޯނަންޓަކީ ހައުސިންގ ލޯނު ކަމަށާއި ހުސްވި ޖަނަވަރީގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނު އިރު އޭގެ 55 އިންސައްތަ ލޯނު މިހާރު ވަނީ އެޕްރޫވް ކުރެވިފައި ކަމަށެވެ.
އަދި 249 ފަރާތަކާއެކު ލޯނު އެއްބަސްވުމުގައި ސޮއިކުރެވިއްޖެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ