- Advertisement -ad image

ރައީސްގެ ރިޔާސީ ބަޔާނާއި އަމަލު ދިމައެއްނުވޭ: ވައްޑެ

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއްވެވި ރިޔާސީ ބަޔާނާއި އަމަލު ދިމާނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ވައްޑެ މިހެން ވިދާޅުވީ މިއަހަރަށް މަޖިލިސް ހުޅުވުމަށް ރައީސް ސާލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެންނެވެ.
އެގޮތުން ކުރެއްވި ޓުވީޓެއްގައި ވައްޑެ ވިދާޅުވީ ކުރައްވާ ވެރިކަމަކާ މެނިފެސްޓޯއަކާ ދިމާނުވާ ކަމަށެވެ. އަދި ރިޔާސީ ބަޔާންތަކާ އަމަލު ކުރައްވާ ގޮތާ ދިމާނުވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
“ އަނެއްކާވެސް އިތުރު އަނދުން އަޅުއްވާ ތަނާ، ރައްޔިތުންގެ މޫނުމަތީ އިތުރު ‘ދޮގުތައް’ ހައްދަވާތަން ބަލަން ގޮސް އަތްޖަހަން އެތާ އިންނަން އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރޭ “ ވައްޑެ ވިދާޅުވިއެވެ.

އެމްޑީޕީ މެންބަރު ވަހީދު މިހެން ވިދާޅުވިއިރު ރައީސް ސާލިހުގެ އިސްތިއުފާއަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ދަނީ މިއަދު މާލޭގައި މުޒާހަރާ ކުރަމުންނެވެ.
މުޒާހަރާގެ ތެރެއިން މިހާތަނަށް 12 މީހަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ