- Advertisement -ad image

ޑެޕިއުޓީ މޭޔަރު ނަރީޝް ދޫކޮށްލުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރު ކުރުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސިޓީކައުންސިލުން ނެރުނު ބަޔާނުގައި ބުނީ މާލޭގައި ބޭއްވި އެއްވެ އުޅުމުގެ ތެރެއިން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ލިބިދީފައިވާ ޙައްޤުގެ ތެރެއިން އަޑުއުފުލުމަށާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދަށުން ޝުޢޫރު ފާޅުކުރަމުން ދަނިކޮށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ ހައްޔަރުކޮށްފައި ކަމަަށެވެ.
މާލެ ސިޓީ ކައުންސިލުން ޤަބޫލުކުރާ ގޮތުގައި މިއީ ޤާނޫނު އަސާސީއިން ލިބިދީފައިވާ ޝުޢޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް މާލޭ ސިޓީގެ ރައްޔިތުން އެމީހުންގެ މަންދޫބެއްގެ ގޮތުގައި ހޮއްވަވާފައި ހުންނެވި ކައުންސިލަރުގެ އަޑު ކަނޑުވައިލުމަށްޓަކައި ހިންގާފައިވާ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށް ބުނެފައިވެއެވެ.
އަދި މިއީ ދިމިޤްރާތީ ވެއްޓެއްގައި ކަންވެގެން ދާންޖެހޭގޮތް ނޫންކަމުގައިވެސް އެ ކައުންސިލުން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ވަގުތުން ދޫކޮށްލުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ